ads
ކަނޑުވި 68 އަހަރުގެ ފިރިހެނަކު ސަލާމަތްކޮށްފި
ދޯންޏެއް ދިޔަވެ އަޑިއަށް ދިޔުމުން ކަނޑުވި މީހަކު ފުލުހުން ސަލާމަތްކޮށްފި އެވެ.
Advertisement

ފުލުހުން ބުނި ގޮތުގައި އެ ދޯނި އަޑިއަށް ދިޔައީ ށ. ފުނަދޫއިން ފީވަކަށް ދަތުރުކުރަމުން ދަނިކޮށެވެ. 

އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ހެނދުނު 11:50 ހާއިރު ކަމަށް އެ އިދާރާއިން ބުނެ އެވެ.

މި މައުލޫމާތު ލިބުމާއެކު ފުލުހުންގެ ލޯންޗު އެސަރަހައްދަށް ގޮސް ބަލަމުންދަނިކޮށް ދޯނިން ދަތުރުކުރި މީހާ ފީވަށް ކައިރި ކަނޑުތެރެއިން ފެނިފައިވޭ ކަމަށް ފުލުހުން ބުނެ އެވެ

އަދި މި މީހާއަކީ 68 އަހަރުގެ ފިރިހެނެއްކަމަށާއި އެ މީހާ ސަލާމަތްކޮށް ފުލުހުންގެ ލޯންޗުގައި ފީވަކަށް މިހާރު ވަނީ ގެންގޮސްފަ ކަމަށް އެ އިދާރާއިން ބުނެ އެވެ. 

އެ އިދާރާއިން ބުނީ އެމީހާގެ ހާލު ރަނގަޅުކަމަށާއިއިތުރު މީހަކު އެ ދޯނިން ދަތުރެއް ނުކުރާ ކަމުގައި އެވެ. 

އެ ދޯނީގެ ބައެއް ތަކެތި އޮޔާ ދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން ވަނީ އެދިފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް