ads
ޕީސީބީގެ ރައީސް އަނަސް އަދި އެ އިދާރާގެ ބައެއް މުވައްޒަރުން - ފޮޓޯ: ޕީސީބީ
ކުންފުނިތަކަށް އިންފޮމޭޝަން އޮފިސަރުން އައްޔަނުކުރަން ޕީސީބީން އަންގައިފި
ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކަނޑައަޅާ އުސޫލުތަކެއްގެ ތެރެއިން، އެ ކުންފުނިތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަށް އިންފޮމޭޝަން އޮފިސަރުން އައްޔަންކުރަން، އެ ކުންފުނިތަކުގެ ބެލެނިވެރި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މިއަދު އަންގައިފި އެވެ.
Advertisement

ޕީސީބީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެ ކުންފުނިތަކުން ހޯދަން އެދި ހުށަހަޅާ މައުލޫމާތު ފޯރުކޮށްދިނުމުގެ ޒިންމާ އަދާކުރުމަށް ހާއްސަ އޮފިސަރުން އައްޔަނުކުރަން ޖެހޭނީ އެ ކުންފުނިތަކުގެ ބޯޑުން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށެވެ.

އިންފޮމޭޝަން އޮފިސަރުންގެ ގޮތުގައި އަލަށް އައްޔަނުކުރާ ފަރާތްތަކާއި މިހާރު އެ ޒިންމާ އަދާކުރަމުންދާ މުވައްޒަފުންނަކީ ވެސް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނާ ބެހޭ އެންމެހާ އުސޫލުތަކަށް ފަރިތަ ބަޔަކަށްވުމަކީ މުހިންމު ކަމެއްކަމަށް އެ ސާކިއުލާގައި ބުންޏެވެ.

ޕީސީބީ އިން ބުނީ ކުންފުނިތަކަށް އައްޔަނުކުރާ އިންފޮމޭޝަން އޮފިސަރުންގެ މައުލޫމާތު އެ ކުންފުންޏެއްގެ ވެބްސައިޓުގައި އާންމުކޮށް ފެންނަން ހުންނަންވާނެ ކަމަށެވެ. އެއާއެކު އާރުޓީއައި ފޮނުވާނެ އީމެއިލް އާއި އިންފޮމޭޝަން އޮފިސަރަށް ގުޅޭނެ ނަންބަރު ވެސް ފަސޭހައިން ފެންނަގޮތަށް ވެބްސައިޓުގައި ހުންނަންވާނެ ކަމަށް ޕީސީބީގެ ސާކިޔުލާގައި ބުނެފައިވެ އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބުނީ އެ ބޯޑުގެ ޤާނޫނީ ޒިންމާ އަދާކުރުމުގެ ގޮތުން، ބޯޑުން އަންގާ އެންގުންތަކަށް ކުންފުނިތަކުން އަމަލުކުރުމަކީ، ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން، ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނަށް ލާޒިމުކަމެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް