ads
ހެންވާރުގެ ރައްޔިތުންނާއި ރައީސް މުހައްމަދު މުއިއްޒު ބައްދަލުކުރައްވަނީ
ރައީސް ބައްދަލުކުރާނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިންނާއި
ރައީސް ޑރ. މުހައްމަދު މުއިއްޒު މާދަމާރޭ ބައްދަލުކުރައްވާނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިންނާއި ކަމަށް ސަރުކާރުން ބުނެފިއެވެ.
Advertisement

ދިވެހި ވިޔަފާރިވެރިންނާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވަން ނިންމެވިކަން ސަރުކާރުގެ ތަރުޖަމާނު ހިނާ ވަލީދު އިއުލާންކުރެއްވީ މިދިޔަ އާދިއްތަ ދުވަހުއެވެ. އަދި އެ ބައްދަލުވުން މާދަމާރޭ އޮންނާނެކަމަށް ހީނާ ވިދާޅުވިއެވެ. 

އެހެންނަމަވެސް މިރޭ ސަރުކާރުގެ ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ވިޔަފާރިވެރިންނާއި ކުރައްވަން ނިންމެވި ބައްދަލވުމަކީ ސިލްސިލާ ބައްދަލުވުންތަކެއްކަމަށެވެ. އެގޮތުން މާދަމާރޭ ބާއްވާ ބައްދަލުވުމުގައި ރައީސް މުއިއްޒު ބައްދަލުކުރައްވާނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިންނާ އެކަނިކަމަށެވެ. 

މާދަމާރޭ 8:30 ގައި، ސޯޝަލް ސެންޓަރުގައި ބާއްވާ މިބައްދަލުވުމުގައި ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިން ބައިވެރިވުމަށް ސަރުކާރުން ވަނީ އެދިފައެވެ. 

ވިޔަފާރިވެރިންނާއި ރައީސް މުއިއްޒު ބާއްވާ ބައްދަލުވުންތަކަކީ ރައްޔިތުންނާ ގާތުން ބައްދަލުކޮށް، ހިޔާލާއި މަޝްވަރާ ހޯދާ، ރައްޔިތުން ކަންބޮޑުވާ ކަންކަން ހިއްސާ ކުރަން، ބޭނުންވާ ކަންކަން ސީދާ ރައީސް އަޑުއެހުމަށް ބާއްވާ ބައްދަލުވުންތަކެއްކަމަށް  ސަރުކާރުގެ ތަރުޖަމާނު ބުނެއެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް