ads
ފުލުހުން ނައްތާލި ވޭޕްތައް
ފުލުހުންގެ އަތުގައި ހުރި ގިނަ ވޭޕްތަކެއް ނައްތާލައިފި
ފުލުހުންގެ އަތުގައި ހުރި ގިނަ ވޭޕްތަކެއް ނައްތާލައިފިއެވެ.
Advertisement

ފުލުހުން ބުނީ ނައްތާލީ އެކިއެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ހުރި ތަކެތީގެ ތެރެއިން ގަލޮޅު ޕޮލިސް، ހެންވޭރު, ޕޮލިސް އަދި މާފަންނު ޕޮލިހުގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ވޭޕްތަކާއި ދުންފަތުގެ ބާވަތްތައްކަމަށެވެ. 

ފުލުހުން ބުނީ ދޫނިދޫ ގައި މިއަދު ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 102 ވޭޕް، 145 ވޭޕް ފްލޭވަރ، 1096 ނެނޯސްޓިކް ކާޓްރިޖް އެވެ. މީގެއިތުރުން،  114 ކޮއިލް އާއި ޑިސްޕޯސަބަލް ޕޮޑަކާއި 6 ރީފިލިންގ ކާޓްރިޖް އަދި 3 ކާޓޫނު ސިގިރެޓްކަމަށް ފުލުހުން ބުނެއެވެ. 

މިތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ވޭޕް އަދި ވޭޕް ކާޓްރިޖް ގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުންކަމަށް ފުލުހުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް