4000 ފްލެޓް ލިބުނު މީހުންނަށް ޑައުންޕޭމަންޓްގެ ގޮތުގައި ކަނޑައަޅާފައިވާ 25،000 ރުފިޔާއެވެ. އަދި ފްލެޓްގެ ތަޅުދަނޑިތައް ދޫކުރާނީ މި ފައިސާ އެއްކޮށް ދެއްކުމުންކަމަށް މި ފްލެޓްތައް ބަލަހައްޓާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފް.ޑީ.ސީ) ވަނީ ބުނެފައެވެ.
ރޭ ގަލޮޅޫ ރައްޔިތުންނާއި ބައްދަލުކޮށް ރައިށް މުިއއްޒު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ 4000 ފްލެޓްގެ ޑައުންޕޭމަންޓާ ގުޅިގެން ރައްޔިތުން ފާޅުކުރެއްވި ހިޔާލުފުޅުތަކަށް ރިއާޔަތްކުރައްވައި، އެ ކަންބޮޑުވުންތަކަށް ގެނެސްދެއްވެން އޮތް އެންމެ ރަނގަޅު ހައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ. އެގޮތުން ޑައުންޕޭމަންޓް އެއްކޮށް ކަނޑާލާނީތީޯ ނޫނީ ބައި ބަޔަށް ބަހާލާނީތޯ މަޝްވަރާކޮށް ގޮތެއް ނިންމަވާނެކަމަށެވެ.
4000 ފްލެޓް ލިބުނު އެންމެ އެތަނަށް މިމަސް ނިމުމުގެ ކުރިން ވައްދާނެކަމަށް ރޭވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި އެތަންތަން ލިބުނު މީހުންނަށް އަންނަ ހަފްތާގެ ތެރޭގައި ތަޅުދަނޑިތައް ހަވާލުކޮށް ނިންމާނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.