ads
2026 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓް މިނިސްޓަރު ޒަމީރު ހުށައަޅުއްވަނީ
މިނިސްޓަރު ޒަމީރުގެ މުހިއްމު ސާޖަރީއެއް ސިންގަފޫރުގައި ހަދައިފި
މިނިސްޓަރު ޒަމީރުގެ މުހިއްމު ސާޖަރީއެއް ހަދައިފިކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
Advertisement

ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޒަމީރު ކުރަން ޖެހޭ މުހިންމު މެޑިކަލް ސާޖަރީއެއް މިއަދު ކޮށްފައިވާ ކަމަށެވެ. އެއީ ދުރާލައި ތައްޔާރުވެގެން، މި ވަގުތަށް ކޮންމެހެން ކުރަން ޖެހުނު ސާޖަރީއެއް ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މި ސާޖަރީ ހަދާފައިވަނީ ސިންގަޕޫރްގައިކަމަށް މިނިސްޓްރީން ބުނެއެވެ.

ޒަމީރު ހެދީ ކޮން ކަހަލަ ސާޖަރީއެއް ކަމެއް އަދި ފަރުވާ ހޯދަނީ ކޮން ބައްޔަކަށް ކަމެއް މިނިސްޓްރީއަކުންވެސް ސަރުކާރުން ހާމައެއް ނުކުރެ އެވެ. 

ޒަމީރުގެ ސާޖަރީ ކާމިޔާބު ކަމަށާއި ޒަމީރުގެ ހާލު ރަނގަޅު ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އަދި އަންނަ ހަފުތާ މިނިސްޓަރު އެނބުރި އޮފީހަށް ނުކުންނަވާނެ ކަމަށް ވެސް ފިނޭންސުން ނެރުނު ބަޔާނުގައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް