ads
ނިޔާވި ސްޓެލްކޯ މުވައްޒަފު އަހްމަދު އަޒްމީލް
އަޒްމީލުގެ އާއިލާއަށް ދޭ ބަދަލުގެ ތަފްސީލު ހޯދަނީ
ކަރަންޓުގައި ޖެހި ފިހިގެން ފަރުވާދެމުން ދަނިކޮށް ނިޔާވި ސްޓެލްކޯ މުވައްޒަފު އުމުރުން 43 އަހަރުގެ އަހުމަދު އަޒްމީލްގެ އާއިލާއަށް އެ ކުންފުނިން ދޭ ބަދަލުގެ ތަފްސީލު ހޯދުމަށް ރައްޔިތުން މަޖިލީހުގައި އެދެފިއެވެ.
Advertisement

މިދިޔަ މަހުގެ 26 ވަނަދުވަހު ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނު މައްސަލަ ހައްލުކުރަމުން ދަނިކޮށް އަލިފާނުގެ ހާދިސާއެއްގައި، ފިހުނު އަހުމަދު އަޒްމީލު ނިޔާވީ ބެންކޮކް ހޮސްޕިޓަލްގައި ފަރުވާދެނިކޮށެވެ. 

އޭނާގެ ހަށިގަނޑު މާލެ ގެނެސް ރޭ ވަނީ ހުޅުމާލޭގައި ޖަނާޒާގެ ކަންކަން ބާއްވާފައެވެ.  

ނިޔާވީ އަޒްމީލްގެ އާއިލާއަށް ދޭ ބަދަލާއި އެ މައްސަލައިގެ ތަހުގީގު މައުލޫމާތު ހޯދުމަށް އެދިވަޑައިގެންފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ އެވެ. އޭނާ މި މައުލޫމާތު ސްޓެލްކޯއިން ހޯދަން އެޑިވަޑައިގެންފައިވަނީ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީން މެދުވެރިކޮށެވެ. 

ކުޑޫ ހޯދަން އެދިވަޑައިގެންފައިވާ މައުލޫމާތުތަކުގެ ތެރޭގައި ހިމެނެނީ ސްޓެލްކޯގެ މުވައްޒަފުން މަސައްކަތް ކުރާ މާހައުލުތަކަކީ ސަލާމަތީ ކަންކަން ފުރިހަމަ ވެފައިވާ މާހައުލުތަކެއްތޯ ބަލަމުންދޭތޯއާއި އެކަމަށް އުސޫލުތައް ހަދައިފައިވޭތޯ ހިމެނެެއެވެ. މީގެއިތުރުން އަޒްމީލް ނިޔާވި ހާދިސާ ހިނގަން ދިމާވި ސަބަބު ހޯދަން ތަހުގީގެއް ހިންގައިފައިވާނަމަ އޭގެ ތަފުސީލް ހޯދުމަށް ކުޑޫ ވަނީ އެދިވަޑައިގެންފައެވެ. 

" މީގެތެރޭގައި ހާދިސާ ދިމާވަން މެދުވެރި ސަބަބު ހޯދިފައިވޭތޯ؟ އަދި އެއްވެސް ފަރާތެއްގެ އިހްމާލެއް ވާނަމަ އެކަމާއި މެދު ސްޓެލްކޯއިން އަމަލުކުރަން ނިންމާފައިވަނީ ކިހިނެތްތޯ" އަދި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯ؟ " ސްޓެލްކޯ މެދުވެރިކޮށް ކުޑޫ ހޯދަން އެދުނު މައުލޫމާތުތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެއިތުރުން ސްޓެލްކޯގެ މަސައްކަތުގެ މާހައުލުގައި ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ހެލްތު އެންޑް ސޭފްޓީ ޕޮލިސީއެއް އޮވޭތޯއާއި ވަޒީފާގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ރިސްކް އެސެސްމަންޓާއި ރިސްކް ރިޑަކްޝަންގެ އުސޫލުތައް ހަދައިފައިވޭތޯ ވެސް ކުޑޫ ވަނީ ސުވާލުކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް