ads
އުކުޅަހުން ހޯދަމުންދާ ރަޝިޔާގެ ޓޫރިސްޓު މީހާ
އުކުޅަހުން ރަޝިއާ ޓޫރިސްޓަކު ގެއްލިގެން ހޯދަނީ
ފިރިހެން މީހާގެ ފޯނާއި ހުރިހާ ސާމާނެއް އޭނާ އުޅުނު ކޮޓަރި ތެރޭގައި ހުރި
އއ. އުކުޅަހުން ރަޝިޔާގެ ޓޫރިސްޓެއް ގެއްލިގެން ހޯދަން ފަށައިފި އެވެ.
Advertisement

އުކުޅަހު ކައުންސިލުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ، އެ މީހާއަކީ އެ ރަށު ލަ ޕަލްމާ ސޫޓްސްގައި ހުރި މީހެއް ކަމަށާއި އޭނާ ފުރަން އޮތީ މިއަދު ކަމަށެވެ. ނަމަވެސް އޭނާގެ ހަބަރެއް ވެފައިނުވާ ކަމަށް ކައުންސިލުން ބުންޏެވެ.

ޗުއްޓީ ހޭދަކުރަން އެކަނި އެ ރަށަށް ގޮސް އުޅުނު އެ މީހާ އެންމެ ފަހުން ފެނުނީ އިއްޔެ ހަވީރު ކަމަށް އުކުޅަހު ކައުންސިލުން ބުނެ އެވެ.

އުކުޅަހު ކައުންސިލުން ބުނި ގޮތުގައި، މޮބައިލް ފޯނު ހިމެނޭ ގޮތަށް އޭނާގެ އެހެނިހެން ހުރިހާ ސާމާނެއް ވެސް ގެސްޓް ހައުސްގައި އޭނާ ހުރި ކޮޓަރީގައި އެބަހުއްޓެވެ.

ފިރިހެން މީހާ ހޯދުމުގެ މަސައްކަތް، ގެސްޓްހައުސް އާއި އެ ރަށު ކައުންސިލާއި ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.

އުކުޅަހު ކައުންސިލުން ވަނީ އެ މީހާއާ ގުޅޭ މައުލޫމާތެއް ލިބިއްޖެ ނަމަ ލަ ޕަލްމާ ސޫޓްސްގެ ނަންބަރު 9646363އަށް ނުވަތަ އުކުޅަހު ޕޮލިސް ޑެސްކް 9553510އަށް ގުޅުމަށް އެދިފަ އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން މިހާތަނަށް ފުލުހުންގެ ބަހެއް ލިބިފައިނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް