އެ އިދާރާއިން މިއަދު އާއްމުކުރި ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް 2029 މީހަކަށް ޑެންގީ ޖެހިގެން ވަނީ ރިޕޯޓްކޮށްފައެވެ. މީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 5 ގުނަ އިތުރު އަދަދެކވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައިވަނީ 373 މީހުންނެވެ.
އެޗްޕީއޭގެ ހިސާބުތަކުން ދައްކާގޮތުން މިމަހުގެ މިދިޔަ ފަސްދުވަހު އެކަނިވެސް 116 މީހަކަށް ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައިވެއެވެ. އަދި ހިސާބުތައް ދައްކާގޮތުން މިއަހަރު މަހުން މަހަށް ޑެންގީ ޖެހޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.
މިއަހަރުގެ މިހާތަނަށް ޑެންގީ ޖެހުނު މީހުންގެ އަދަދު މަހުން މަހަށް
އެޗްޕީއޭއިން ބުނީ މި އަހަރު ޑެންގީ ހުން ފެތުރޭ މިންވަރު މާލެއަށްް ވުރެ އަތޮޅު ތެެރޭގައި އިތުރުކަމަށެވެ. އަދި އެކަމުން ދޭހަވަނީ ރަށްރަށުގައި ޑެންގީ ހުން ހަލުވިކަމާއި އެކު ފެތުރެމުންދާކަން އެޗްޕީއޭއިން ބުނެއެވެ.
އެޗްްޕީއޭގެ ބުނީ މިދިޔަ ދެ ހަފްތާގައި އެންމެ ގިނަ މީހުންނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރީ ހދ. އަތޮޅުކަމަށެވެ. އެއަތޮޅުން މިދިޔަ ދެ ހަފްތާގެ ތެރޭގައި 83 މީހަކަށް ޑެންގީ ޖެހުނު އިރު އެންމެ ގިނައިން އެ ބަލީގެ މީހުން ފެނުނީ ހދ ކުޅުދުއްފުށިންކަމަށެވެ. އެރަށުން މިދިޔަ ދެ ހަފްތާގައި 62 މީހަކަށް ޑެންގީ ޖެހިފައިވާކަމަށެވެ. މާލޭ ސަރަހައްދުން މި މުއްދަތުގައި ރިޕޯޓުކޮށްފައިވަނީ 22 ކޭސްއެވެ.
މިދިޔަ ދެ ހަފްތާގެ ޑެންގީ ފެނުނު ރަށްތަކާއި އަދަދުތައް
ޑެންގީ ހުން ޖެހިގެން މިއަހަރުގެ މިހާތަނަށް ދެ މީހަކު ވަނީ މަރުވެފައެވެ. އެއީ 17 އަހަރުގެ އަންްހެން ކުއްްޖަކާއި 23 އަހަރުގެ ޒުވާން ފިރިހެން ކުއްޖެކެވެ. މި ދެ މީހުންނަށްވެސް ޑެންޖީ ޖެހިފައިވަނީ އެ މީހުންގެ ރަށުގައި ދިރިއުޅެމުން ދަނިކޮށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;