ދިރާގު "ނެޓްޕްރޮޓެކްޓް" އަކީ މޮބައިލް ފޯނަށް އެސްއެމްއެސް އާއި ސޯޝަލް އެޕްތަކުން އަންނަ ފިޝިން ލިންކްތަކަށް ފިތާލެވިގެން ލިބިދާނެ ގެއްލުންތަކުން އަދި އިންޓާނެޓް ބޭނުން ކުރާއިރު ރައްކާތެރި ނޫން ވެބްސައިޓުތަކުން ރައްކާތެރިކޮށްދޭ ހިދުމަތެކެވެ. ލިންކަކަށް ފިއްތާލުމުން އެ ވެބްސައިޓަކީ ރައްކާތެރި ވެބްސައިޓެއް ނޫން ކަމުގައިވާނަމަ އެ ހިދުމަތުގެ އެހީގައި އެ ވެބްސައިޓް ލޯޑްވުމުގެ ކުރިން ކަސްޓަމަރަށް އެކަން އަންގައިދޭނެ އެވެ.
މި ހިދުމަތް ދިރާގު މޮބައިލް ކަސްޓަމަރުންނަށް މަހަކަށް އެންމެ 35 ރުފިޔާއަށް، އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މަހަކު އެންމެ 50 ރުފިޔާއަށް ދިރާގު އެޕް މެދުވެރިކޮށް އެކްޓިވޭޓްކޮށް، ޕޯޓަލް މެދުވެރިކޮށް މި ހިދުމަތް ކަސްޓަމަރުން ބޭނުން ގޮތަކަށް ފަރުމާކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.
އެއީ ބޮޑެތި މީހުންގެ އިތުރުން ކުޑަކުދިން ވެސް އިންޓަނެޓް ބޭނުން ކުރާއިރު ރައްކާތެރިކަން ކަށަވަރު ކުރުމުގައި އެހީތެރިވެދޭ ހިދުމަތެކެވެ. އެ ހިދުމަތުގެ އެހީގައި ކުޑަކުދިންނާ ނުގުޅޭ ކޮންޓެންޓާއި ކުދިންނަށް ރައްކާތެރި ނޫން ވެބްސައިޓުތައް ދެނެގަނެ، އެފަދަ ސައިޓުތަކަށް ނުވަދެވޭނެހެން ބްލޮކް ކުރެވޭނެ އެވެ. އަދި ވަކި ވެބްސައިޓުތަކަށް ވަދެވޭނެ ވަގުތު ކަނޑައަޅައި، ބައެއް ވަގުތުތަކުގައި އެ ވެބްސައިޓް ބްލޮކް ކުރެވޭނެ އެވެ.
ދިރާގުން ބުނީ އެ ކުންފުނިން ދަނީ ރާއްޖެއަށް އެންމެ ޒަމާނީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އިތުރުން، އެ ހިދުމަތްތައް ބޭނުންކުރުމުގައި ކަސްޓަމަރުންގެ ރައްކާތެރިކަން ކަޝަވަރުކުރުމުގައި ވެސް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.