ads
އިމިގްރޭޝަން އޮފިސަރުންތަކެއް މަސައްކަތުގައި.
ގަވައިދު އިސްލާހުކޮށް ބޭބީ ސިޓާސްއަށް ކޯޓާ ދޭން ނިންމައިފި
ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީންނަށް ކޯޓާ ދޫކުރުން ހުއްޓާލަން ނިންމާފައިވާ ލިސްޓުން ބޭބީ ސިޓާސް އުނިކޮށް ރާާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވައިދު އިސްލާހުކޮށް ގެޒެޓްކޮށްފި އެވެ.
Advertisement

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިޔުރިޓީ އިން ހޯމަދުވަހު ގެޒެޓުކުރި ގަވައިދު އިސްލާހުކޮށް މިއަދު އަލުން ވަނީ ގެޒެޓުކޮށްފަ އެވެ.

ހޯމަދުވަހު އާންމުކުރި ގަވައިދުގައި ވާގޮތުން އެ ގަވައިދަށް އަމަލުކުރަން ފަށާތާ ދެ އަހަރަށް ފަހު، ކޯޓާ ބާތިލްކުރާނެ މަގާމުތަކުގެ ތެރޭ ބޭބީ ސިޓާސް ހިމެނެ އެވެ. މި ލިސްޓުގައި ބޭބީސިޓާސް އޮތުމުން ގިނަ ބަޔަކު ވަނީ މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ޝަކުވާތަކާ ވިއްދައިގެން ސަރުކާރުން ހޯމް މިނިސްޓްރީން ވަނީ އާ ގަވާއިދަށް އަމަލުކުރަން ފަށާތާ ދެ އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލްކޮށް އަދި އަލުން ކޯޓާ ނުދެވޭނެ ވަޒީފާތަކުގެ ތެރެއިން "ބޭބީސިޓާސް" ގެ ވަޒީފާ އުނިކޮށް ގަވާއިދު އިސްލާހުކޮށް މިއަދު ގެޒެޓްކޮށްފަ އެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެ އެކަން ހައްލުކުރުމަށް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގައި ގިނަ އަދަދެއްގެ ބިދޭސީން ޑީޕޯޓްކޮށް އަދި ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގައި ރަޖިސްޓްރީކުރުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ. އަދި ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވަން ވެސް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް