ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ތަންފީޒީ އިދާރާތަކުގެ ވެރިންނާ އެކު އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ ބިދޭސީންގެ މައުލޫމާތު އެއްކޮށް، އެ އެންމެންނަކީ ސަރުކާރަށް އެމީހުންގެ މައުލޫމާތު އެނގޭ އަދި ޒިންމާވާނެ ބަޔަކު ތިބި މީހުންނަށް ހަދަން ހިންގާ އޮޕަރޭޝަން 1 މެއި 2027އާ ހަމައަށް ކުރިއަށްދާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ބިދޭސީންގެ މައުލޫމާތު އެއްކުރަން މިހާތަނަށް ކުރި މަސައްކަތުން 202،000 މީހެއްގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ 15 ނޮވެމްބަރުން ފެށިގެން މިއަދާ ހަމައަށް އައިރު ފިންގަ ޕްރިންޓް ނުދީ އުޅެމުންދިޔަ 509 ބިދޭސީން ޑީޕޯޓްކޮށްފައިވާކަމަށެވެ. މިއާއެކު މި 2 އަހަރުގެ ތެރޭގައި 9697 ބިދޭސީން ޑީޕޯޓްކޮށްފައިވާކަމަށް މިނިސްޓަރު ވިދަޅުވި އެވެ.