ads
ހޯމް މިނިސްޓްރީން ބޭއްވި ޕްރެސްގައި ސީޕީ ނަވީން ވާހަކަ ދައްކަވަނީ. ފޮޓޯ: އުސައިމިން / ސީއެންއެމް
ކުށުގެ ވެށިން ފެންނަނީ އާ މޫނުތައް، އެއީ ހުސްކުޑަކުދިން :ނަވީން
ކުށުގެ ވެށިން މިހާތު ފެންނަނީ އާ މޫނުތައްކަމަށާއި އެއީ ހުސް ކުޑަކުދިންކަން ފާހަގަކޮށް އެކަމުގެ ކަންބޮޑުވުން ކޮމޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ފާހަގަކުރައްވައިފިއެވެ.
Advertisement

ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސީޕީ ނަވީން ވިދާޅުވީ ކުޑަކުދިންގެ ކަންތައްތައް ވަރަށް ކަންބޮޑުވާ ހިސާބަށް ގޮސްފައިވާކަމަށެވެ. އެގޮތުން ފުލުހުން މަގުމަތު ޕެޓްރޯލް ކުރަމުން އަންނައިރު ކުށުގެ ވެށިތައް ކަމަށް ބެލެވޭ ތަންތަނުން މިހާރު މުޅިން ހެން ފެންނަނީ އާ މޫނުތައްކަން ފާހަގަ ކުރައްވަމުން ނަވީން ވިދާޅުވީ އެތަންތަނުން ފެންނަނީ 18 އަހަރު ނުވާ ކުޑަކުދިންކަމަށެވެ. 

" އާ މޫނުތައް މި ފެންނަނީ، ކުޑަކުދިން ފެންނަނީ. އެންމެ ފަހުން އޯލެވެލެ ހެދި ނުވަތަ މިދިޔަ އަހަރު އޯލެވެލް ހެދި ކުދިން ކިރިޔާ 18 އަހަރުވެފައި ތިބޭކުދިން ނޫނީ 17 އަހަރުގެ ކުދިން މިހާރު އެ ފެންނަނީ އެތަންތަނުން. އަޅުގަނޑުމެން ހޮޓް ސްޕްޓްސްއޭ މިކިޔާ މި ގްރޫޕްތައް އެއްވެގެން އޮންނަ ތަންތަނުން މި ފެންނަނީ 17 އަހަރުގެ ކުދިން." ސީޕީ ނަވީން ވިދާޅުވިއެވެ.

 

ކުށިގެ ވެށިތަކުން ކުޑަކުދިން ކަންބޮޑުވާ އަދަދަކަށް ފެންނަމުން އަންނަކަން ފާހަގަކުރައްވަމުން ނަވީް ވިދާޅުވީ މިހާރު ކުރާކަމަކީ އެ ކުދިންނާއި ސުވާލުކޮށް ދޫކޮށްލުންކަމަށެވެ. އެ ކުދިން ކުށުގެ ރިކޯޑް ނެތުމުން މިވަގުތު ދޫކޮށްލިނަމަވެސް ކުރިޔަށް އޮތްތަނުގައި އެކު ޑިން ކުށުގެ ތެރެއަށް ވަނުމުގެ ބިރުއޮތްކަން ނަވީން ފާހަގަކުރެއްވިއެވެ. 

ނަވީންވަނީ ބެލެނިވެރިން މިކަން ކަމަށް ސަމާލުވުމަށް ބެލެނިވެރިންނަށް އިލްތިމާސްކުރައްވާފައެވެ. 

" އެހެންވީމާއި އަޅުގަނޑު ހަމަ ބެލެނިވެރިންގެ ސަމާލުކަމަށް ދަންނަވަން. މި ކުދިން މިގޮތަށް ވިޔަ ނުދޭން ނޫނީ އެމީހުން އުޅޭ ނޫޅޭ ތަންތަން، 17 އަހަރުގެ ކުދިން އަޅުގަނޑުމެން މީ ބަލަންޖެހޭ ކުދިންކަމަށްވާތީވެ، މި ކުދިންނަށް ބަލާލާ އަޅާލާ މި މީހުން ގޮސް އުޅޭ ތަންތަނާއި އެއްޗެހި މި އޮވާސައިޓެއް ބޭއްވުމަކީ ވަރަށް މުހިއްްމުކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކޮށްލަން." ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވިއެވެ.

ކުށް ކުރާ ކުޑަކުދިން އަނބުރާ މުޖުތަމައަށް ގެނައުމަށް ހިންގާ ޕްރރޮގްރާމްގެ ތެރެއިން މިވަގުތުވެސް 160  ވުރެ ގިނަ ކުދިން ޖުވައިނަލް ޖަސްޓިސްގެ ބެލުމުގެ ދަށުގައި ތިބިކަން ހޯމް މިނިސްޓްރީން މިއަދު ވަނީ ހާމަކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް