މިއަދު ހޯމްލޭންޑް ސެކިއުރިޓީ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވެމެއްގައި ވާހަކަ ދައްކަވަމުން ދިޔާނާ ވިދާޅުވީ ކަސްޓަމްސްއިން މިހާރު އެންމެ އިސްކަމެއް ދީގެން ކުރިޔަށްގެންދާ ކަމަކީ ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެއަށް ތަކެތި އެތެރެވުން ހުއްޓުވުމަށްޓަކާއި ކުރަންޖެހޭ ކަންކަން ކުރުންކަމުގައި އެވެ.
މީގެ އިތުރުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރާ ހުރިހާ ކާގޯއެއް ދަނީ 100% އެކްސްރޭ ކުރެވެމެން ކަމަށާއި ރާއްޖޭއަށް އެތެރޭ ފަތުރުވެރިން ބަލާ ފާސްކުރުން އިތުރަށް ހަރުދަނާ ކުރުމަށް މުވައްޒިފުންގެ ގާބިލް ވަނީ އިތުރުކުރެވިފައި ކަމަށް ދިޔާނާ ފާހަގަ ކުރެއްވި އެވެ.
މިދިޔަ 2 އަހަރުގެ ތެރޭގައި ވައިގެ މަގުން އަދި ކަނޑުގެ މަގުން ރާއްޖެ އެތެރެ ކުރާ މުދަލަށް އަމާޒުކޮށްގެން 40 ހާއްސަ އޮޕަރޭޝަން ހިންގިިފައިވާ ކަމަށާއި 37 އުޅަނދު ޗެކްކޮށް ރެމޭޖް ކުރެވިފައިވާ ކަމަށް ދިޔާނާ މައުލޫމާތު ދެއްވި އެވެ.
އަދި 2 އަހަރުތެރޭގައި މަސްތުވާ ތަކެތި އެތެރެކުރަން އުޅުމުގެ 118 މައްސަލައެއް ކަސްޓަމްސްއިން ބަލާފައިވާ އިރު އެ މައްސަލަތަކުގައި އެެތެރެ ކުރަން އުޅުން 205 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ދިޔާނާ ފާހަގަ ކުރެއްވި އެވެ. އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 277 މިލިއަންރުފިޔާއަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ދިޔާނާ ވިދާޅުވި އެވެ.