ads
ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ބައިވެރިވެލައްވަނީ - ފޮޓޯ: ޕޮލިސް
މިހާތަނަށް ކަސްޓަމްސް އިން 73000 އަށް ވުރެން ގިނަ ވޭޕް ހިފައްޓާފައިވޭ: ދިޔާނާ
ދިވެހި ރާއްޖޭގައި ވޭޕް ބޭން ކުރި ފަހުން މިހާތަނަށް 73000 އަށް ވުރެން ގިނަ ވޭޕް ހިފަހެއްޓިފައިވާ ކަމަށް ކަސްޓަމްސްގެ ކޮންޓްރޯލާ ޖެނެރަލް ފާތުމަތު ދިޔާނާ ވިދާޅިވެއްޖެ އެވެ
Advertisement

މިއަދު ހޯމްލޭންޑް ސެކިއުރިޓީ ޓީމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވެމެއްގައި ވާހަކަ ދައްކަވަމުން ދިޔާނާ ވިދާޅުވީ އެއީ 185 މައްސަލައަކުން އަތުލައިގަނެވުނު ވޭޕް ކަމުގަ އެވެ. 

އަދި ހަމަ މި މުއްދަތުގައި ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުން 24 މިލިއަން ސިނގިރޭޓް ސްޓިކް ވެސް އަތުލައިގަނެވިފައިވާ ކަމަށް ދިޔާނާ ވިދާޅުވި އެވެ. 

ކަސްޓަމުން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ރާއްޖެއަށް ކަނޑުމަގުން ވަގަށް އެތެރެކުރަން އުޅުން 10000 އަށް ވުރެ ގިނަ ވޭފް އަތުލައިގެންފައި އެވެ. 

ކަސްޓަމުން ބުނެފައިވަނީ ކަނޑުގެމަގުން ރާއްޖެއަށް ގެނައި މުދާ ޝިޕްމެންޓެއްގައި ގާނޫނާ ގަވާއިދާ ހިލާފް ތަކެތި ހުރެދާނެކަމަށް ކަސްޓަމްސްއަށް ފާހަގަކުރެވިގެން މިމަހުގެ ހަތަރު ވަނަ ދުވަހު ވަނީ ހާއްސަ އޮޕަރޭޝަނެއް ހިންގި އެ ޝިޕްމަންޓް ބަލާފާސްކޮށްފައިވާކަމުގައި އެެވެ.

މި އޮޕަރޭޝަންގައި ބަލާފާސްކުރެވުނު ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ވަނީ ފެނިފައިވާކަމަށް ކަސްޓަމުން ބުނެއެވެ. 

އެ ގޮތުން ޖުމްލަ 10800 ވޭޕް ކާޓްރިޖް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ކަސްޓަމުން ބުނެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް