ހުޅުމާލެ ފޭސް 2 ގައި އަލަށް ބިނާކުރި މިސްކިތަށް ދީފައިވާ ނަމަކީ "މަސްޖިދުލްއީމާން" އެވެ. މި އަމިއްލަ ފަރާތަކުން ބިނާކުރި މިސްކިތެކެވެ.
މި މިސްކިތް ނިންމާ އަންނަ ހަފްތާގައި އާއްމުކޮށް ހުޅުވާލާނެކަަމަށް އިސްލާމިކް މިނިސްޓަރު ޑރ ޝަހީމް ވިދާޅުވިއެވެ. މި މިސްކިތް އަންނަ ހަފްތާގައި މި ހުޅުވަނީ އެ މިސްކިތް ނުނިމި ދިގުލައިގެން ދިޔުމުގެ ސަބަބުން އެތައް ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައި ވަނިކޮށެވެ.
ހުޅުމާލެ ފޭސް 2 ގައި އަލަށް ބިނާކުރި "މަސްޖިދުލްއީމާން" . މި އަމިއްލަ ފަރާތަކުން ބިނާކުރި މިސްކިތް އަންނަ ހަފްތާގައި ހުޅުވަން ދަނީ މަސައްކަތް ކުރަމުން.
މިނިސްޓަރު ޝަހީމް ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި ހުޅުމާލެ ފޭސް2 ގައި ބިނާކުރަމުން އަންނަ މިސްކިތްތަކުގެ ތެރެއިން އިތުރު ތިނެއް ނުވަތަ ހަތަރު މިސްކިތް ނިމޭނެކަމަށެވެ. އަދި ބައެއް ތަންތަން މީހާރު ހުރީ ނިމުމުގެ މަރުޙަލާގައިކަން މިނިސްޓަރު ޝަހީމް ފާހަގަކުރެއްވިއެވެ.
އަމާޒަކީ 2026 ގައި ފޭސް 2 ގައި ހުރި ވަގުތީ މިސްކިތްތައް އުވާލެވޭ ވަރަށް ދާއިމީ މިސްކިތްތައް ޤާއިމުކޮށް ނިންމުންކަމަށްވެސް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
މި ފެށޭ ރޯދަމަހުގެ ކުރިން އަލަށް 15 މިސްކިތް ހުޅުވޭނެކަމަށް ރައިީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އޭގެ ތެރޭގައި މާލޭގެ މިސްކިތަކާއި ހުޅުމާލެ ފޭސް 2 ގެ މިސްކިތްތެއްވެސް ހިމެނޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.