މި ތަކެތި ޕީޖީ އޮފީހާއި ހަވާލުކޮށްދެއްވީ ޗައިނާގެ ފަރާތުން ރާއްޖޭގައި ހުންނަވާ އެމްބެސެޑަރު ކޮންގު ޝިއާން ހުއާ އެވެ. އެ ތަކެއްޗާއި ޕީޖީ އޮފީހުގެ ފަރާތުން ޕްރެސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް އެވެ.
ޕީޖީ އޮފީހުން ބުނީ ޗައިނާއިން އެ އޮފީހަށް ހަދިޔާކުރީ ލެޕްޓޮޕްތަކަކާއި ކޮމްޕިއުޓަރު ސިސްޓަމްތަކެއްކަމަށެވެ. އެހެންނަމަވެސް އެއީ ކިހާ އަދަދެއްކަމެއް އެ އޮފީހަކުން ނުބުނެއެވެ.
މި އެހީތެރިކަމާއި ގުޅިގެން ޕީޖީ އައްބާސް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މީ ޕީޖީ އޮފީހުގެ މަސައްކަތް ގާބިލުކޮށް ކުރިއަރުވަން ލިބުނު މުހިއްމު އެހީއެއްކަމަށެވެ.
ޕީޖީ އޮފީހުން ބުނީ މީ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ މަސައްކަތްތައް ވަރުގަދަކޮށް، ކަރުދާސް ބޭނުންކުރުން މަދު، ހަރުދަނާ މަސައްކަތުގެ މާހައުލެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށެވެ.