ads
ހުސައިން ޝިފާއު
އޮޅިގެން ސިޔާސީ މަގާމެއް ދިން މީހާއަށް 109 އަހަރުގެ ހުކުމެއް
ވަގު ޓީޓީތަކެއް ހަދައިގެން، ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރަމުން ދިޔަ މައްސަލައިގައި ދައުވާކުރި ހުސެއިން ޝިފާއުގެ 109 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި އެވެ.
Advertisement

ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) މައްސަލައިގައި ޝިފާއުގެ މައްޗަށް, ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ޖުމްލަ 23 ދައުވާއެއް އުފުލިއިރު، އެ ހުރިހާ ދައުވާއެއްވެސްވަނީ އޭނާގެ މައްޗަށް ސާބިތުވެފައެވެ.

މި މައްސަލައިގައި ޝިފާއުގެ ފަރާތުން އެދުނީ ގޭ ބަންދުގެ ހުކުމެއް ނުވަތަ ހުކުމުގެ ވަކި މުއްދަތެއް ގޭ ބަންދު ކުރުމުގެ ހުކުމަކަށް ބަދަލުކޮށް ދިނުމަށެވެ. 

އޭނާގެ ވަކީލް ވިދާޅުވީ ޝިފާއުއަކީ ޒިންމާދާރު މީހެއް ކަމަށާއި އަދި އެ މައްސަލާގެ ފަހުން އޭނާގެ އިތުރު ރެކޯޑެއް ނެތް ކަމަށް ވަކީލް ވިދާޅުވި އެވެ.

ޝިފާއުގެ މައްޗަށް މިއަދު އިއްވި 109 އަހަރުގެ ހުކުމަކީ، މަނީ ލޯންޑްރިންގެ ދައުވާތަކުގައި 70 އަހަރުގެ ޖަލު ހުކުމަކާއި މަކަރާއި ހީލަތް ހެދުމުގެ ކުށުގައި 30 އަހަރުގެ ޖަލު ހުކުމަކާއި ސައްހަ ނޫން ލިޔުމުގެ ދިނުމުގެ ދައުވާތަކުގައި ނުވަ އަހަރުގެ ޖަލު ހުކުމެކެވެ.

ޝިފާއުއަކީ، މި ސަރުކާރުން އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމަށް ކުރިން އައްޔަން ކުރި މީހެކެވެ. އެކަމަކު އޭނާވަނީ ކުއްލިއަކަށް މަގާމުން ވަކިކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް