ads
ސުތުރާ
ވަކި ހާއްސަ އެއްޗެއް ހަދައި ސުތުރާގެ ގޮތުގައި ބެހެއްޓުން އެދެވިގެން ނުވޭ : ފަތުވާ
ސުތުރާގެ ގޮތުގައި ވަކިން ހަދާފައިވާ ތަކެތި މިސްކިތުގައި ބެހެއްޓުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ބުނެފިއެވެ.
Advertisement

ފަތުވާ މަޖިލިހުން މި ފަތުވާ ނެރުނު އިތު ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ހެން އެކި ޑިޒައިންތަކަށް ސުތުރާ ހަދާ އަންނަނީ ބޭނުންކުރަމުންނެވެ. 

ފަތުވާ މަޖިލިހުން ސުތުރާއާ ގުޅޭ ގޮތުން ނެރުނު ފަތުވާގައި ބުނީ  ގިނަ ފިގުހު އިލްމުވެރިންގެ ނަޒަރިއްޔާއަކީ ސުތުރާ ބެހެއްޓުމަކީ ސުންނަތެއް ކަމަށާއި ނަމަވެސް ފަހުގެ ބައެއް އިލްމުވެރިން ސުތުރާ ވާޖިބު ކަމަށް ވެސް ވިދާޅުވާ ކަމަށެވެ.

ރަސޫލާގެ ޒަމާނުގައި މިސްކިތުގައި ސުތުރާއަށް ބޭނުންޖެހިފައި ވީއިރުވެސް އެކަމަށް ހާއްސަ އެއްޗެއް ބަހައްޓާފައި ނުވާ ކަަމަށާއި އެހެންނަމަވެސް މިސްކިތުން ބޭރުގައި ނަމާދު ކުރައްވާއިރު ސުތުރާ ބެހެއްޓެވިކަން ސާބިތުވާ ކަމަށް ފަތުވާގައި ވެެއެވެ އަދި އެގޮތަށް ސުތުރާގެ ގޮތުގައި ބަހައްޓަވައިފައިވަނީ އެހެން ކަންކަމަށް ބޭނުންކުރާ ތަކެތިކަމަށްވެސް ފަތުވާ މަޖިލިހުން ނެރުނު ފަތުވާގައި ވެއެވެ. 

" ސުތުރާއަށް ވަކި އެއްޗެއް ހަދައިގެން ބޭނުމެއް ނުކުރައްވާ. އެ ދުވަސްވަރު ސުތުރާގެ ގޮތުގައި ބޭނުންކުރައްވައިފައި ވަނީ އަންނަނިވި ތަކެތި. ފާރު، އަސާ، މީހުން، ތަންމަތި، އެނދު، ދުނި ނުވަތަ ތީރު، ސަވާރ،ީ އަސްދާނުގޮނޑ،ި ގަސް ފަދަ ތަކެތި" މަތީ މަޖިލީހުގެ ފަތުވާގައި ވެެއެވެ.

ފަތުވާ މަޖިލީހުން ބުނީ މިސްކިތުގެ ތެރޭގައި ވަކި ހާއްސަ އެއްޗެއް ހަދާ ސުތުރާގެ ގޮތުގައި ބެހެއްޓުމަކީ އަލަށް އުފެދިފައިވާކަމެއްކަމަށެވެ. އަދި މިކަމުގައިވެސް ފިގުހީ އެހެން މައްސަލަތައް ފަދައިން ހިލާފު އުފެދިފައިވާކަން ފަތުވާ މަޖިލިހުން ބުނެއެވެ. 

" އެހެންކަމުން މި މަޖިލީހުގެ މެންބަރުން ބުރަވަނީ ސަލަފުއްސާލިހުންގެ ޒަމާނުގައި ނުކުރައްވާ ކަމެއް މިދުވަސްވަރު ވެސް، އަދި މީގެ ފަހުން ވެސް ކުރުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށް. " ފަތުވާގައިވެއެވެ.

 

އިލްމުވެރިންގެ ތެރެއިން އެއްބަޔަކު ދެކެވަޑައިގަންނަވަނީ މިކަމަކީ ހެޔޮ ކަންކަމަށް އެހީތެރިވުމުގެ ތެރޭގައި ހިމެނޭ ކަމެއްގެ ގޮތުގައި ކަމަށްވީ ނަމަވެސް އިލްމުވެރިންގެ ތެރެއިން އަނެއްބަޔަކު މިކަން މަނާކުރައްވާކަމަށްވެސް މަތީ މަޖިލީހުން ނެރުނު ފަތުވާގައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް