އެމްއެންޑީއެފުން ބުނީ މިރޭ 21:30ގައި މާފުށީގައި ހަވާ އެރުވުމަށް ވަނީ ހަމަޖެހިފައިވާކަމަށެވެ. މީ ވިޔަފާރި އުސޫލުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މާފުށީގައި މިރޭ ހަވާ އެރުވުން 3 މިނެޓެއް ހާއިރު ކުރިޔަށްދާނެކަމަަށް އެމްއެންޑީއެފުން ބުނެއެވެ.
މާފުއްޓަކީ ގެސްޓު ހައުސް ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ރަށެވެ. އެ ރަށުގައި ގިނަ އަދަދެއްގެ މަތީ ފަންތީގެ ގެސްޓްހައުސް ހިންގާއިރު ގިނަ އަދަދެއްގެ ދިވެހީން ވެސް ހަފުތާ ބަންދާ ދިމާކޮށް އެ ރަށަށް ޒިޔާރަތްކުރެއެވެ.