ads
ލަގްޒަރީ ހައުސިން ޕްރޮޖެކްޓު ހިންގަން ހުޅުވައިލި ބިން ފެންނަ ކުރެހުމެއް - ފޮޓޯ: އެޗްޑީސީ
ހުޅުމާލޭގައި ލަގްޒަރީ ހައުސިން މަޝްރޫއުއެއް ހިންގާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ލަގްޒަރީ ހައުސިން ޕްރޮޖެކްޓެއް ހިންގާނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އިއުލާނުކޮށްފި އެވެ.
Advertisement

އެޗްޑީސީން އިއްޔެ ކުރި އިއުލާނުގައި ބުނެފައި ވަނީ އެ މަޝްރޫއު ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ކަމަށެވެ.

އެޗްޑީސީން ބުނި ގޮތުގައި އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ފޭސް ދޭއްގެ 125،387 އަކަފޫޓުގެ ބިމެއް ވަނީ ހަމަޖައްސައިފަ އެވެ. އެތަނުގައި 47 މީޓަރު އުހަށް އިމާރާތް ކުރެވޭނެ އެވެ.

މީގެ އިތުރުން، އެ ޕްރޮޖެކްޓު ހަވާލުކުރުމުގައި އެޗްޑީސީން އިސްކަން ދޭނީ ޑިވެލޮޕްމަންޓް އެންޑް ސޭލް ރައިޓްސް މޮޑެލްއަށެެވެ. އެ ކޯޕަރޭޝަނުން ބުނި ގޮތުގައި، އެހެނިހެން މޮޑެލްތަކަށް ވެސް އީއައިއޯ ހުށަހެޅޭނެ ކަމަށާއި ދެ ފަރާތަށް ވާނެ ފައިދާތައް ހިމަނަންވާނެ އެވެ.

މި ޕްރޮޖެކްޓު ހިންގަން އެކަކަށް ވުރެ ގިނަ މީހުން އީއައޯ ހުށަހަޅައިފިނަމަ، މި ކަން ހަވާލުކުރާނީ ކުންފުނީގެ މާސްޓަޕްލޭނާއި ވިޝަން، އެންމެ ފުރިހަމައަށް ހިމެނޭ އީއައިއޯއަކަށް ކަމަށް އެޗްޑީސީން މައުލޫމާތުދެ އެވެ.

އެޗްޑީސީން ބުނީ އީއޯއައިތައް އިވެލުއޭޓްކުރުމުގައި ބިޒްނަސް މޮޑެލް އާއި ތަޖުރިބާ އާއި ކޮންޓްރެކްޓަރުގެ ޓާމްތަކާއި އެބައެއްގެ މާލީ ގާބިލުކަމުގެ އިތުރުން ސީއެސްއާރު ފަދަ ކަންކަމަށް ބަލާނެ ކަމަށެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް