ads
ޔޫތް ކޮންފެރެންސްގެ ޕޯސްޓަރު
ޒުވާނުންގެ ކޮންފަރެންސް އަންނަ ހޯމަ ދުވަހު ފަށަނީ
ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑާއި ޔޫތް މިނިސްޓްރީއާއި ގުޅިގެން “ނޭޝަނަލް ޔޫތު ކޮންފެރެންސް”ގެ ނަމުގައި ޒުވާނުންނަށް އަމާޒުކޮށްގެން ކޮންފަރެންސެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.
Advertisement

މިކޮންފަރެންސް މިމަހުގެ 22 އަދި 23 ވަނަ ދުވަހު މާލޭގައި ހުންނަ ޔޫތު ހަބްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، އެކި ދާއިރާތަކުން 93 ޒުވާނުން ބައިވެރިވާނެ އެވެ.

މިއަހަރުގެ ޔޫތު ކޮންފަރެންސްގެ އަމާޒަކީ ޒުވާނުންގެ ހުރި ކަންބޮޑުވުންތައް ބަލާ، އެކަންބޮޑުވުންތަކަށް ވަށާޖެހޭ ހައްލެއް ހޯދުމާއި، ޒުވާނުންގެ ގައުމީ ސިޔާސަތެއް އުކުލަވާލުމަށްޓަކައި ޒުވާނުންގެ ހިޔާލާއި މަޝްވަރާ ހޯދުމުގެ އިތުރުން ޒުވާނުން ކުރިއެރުވުމަށްޓަކައި މަސައްކަތްކޮށްދިނުމެވެ. 

your imageޒުވާނުންގެ މިނިސްޓްރީން ބޭއްވި ޒުވާނުގެ ހޮޅުއަޅީގައި ބައިވެރި ބައެއް ޒުވާނުން 

މިގޮތުން ޖުމްލަ 6 މައުލޫއަކަށް ބަހާލައިގެން މިކޮންފަރެންސްގައި ވޯކްޝޮޕްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް, ޑރ. މުހައްމަދު މުއިއްޒު ބައިވެރިވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް