ads
ހަމަލާ ދިން މީހާ ވަޅި އަކާއި އެކުގައި
ޓައިވާންގައި 3 މީހަކަށް ވަޅިން ހަމަލާދީ މަރާލައިފި
އިއްޔެ ހަވީރު ޓައިވާންގައި މަދުވެގެން އެއް ވަޅިއާއި ސްމޯކް ގްރެނައިޓް ބޭނުކޮށްގެން އެއްވެ ތިބި މީހުންނަށް ހަމަލާދީ ތިން މީހަކު މަރުވެ 11 މީހަކު ޒަހަމްވެފައިވާ ކަމަށް ގައުމީ ނޫސް އެޖެންސީއާއި އެ ސިޓީ ސަރުކާރުން ބުނެފި އެވެ.
Advertisement

ފަހުން ހަމަލާ ދިން ކަމަށް ޝައްކު ކުރެވޭ މީހާ ވެއްޓި މަރުވީ ޑިޕާޓްމަންޓް ސްޓޯރެއްގެ އިމާރާތަކުންނެވެ. ފުލުހުން ބުނީ ޝައްކު ކުރެވޭ މީހާ މަރުވެފައިވަނީ އިމާރާތެއް ހަ ވަނަ ފަންގިފިލާއިން ފުންމާލައިގެން ކަމުގަ އެވެ. 

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޗަންގް ވެން ކިޔާ އުމުރުން 27 އަހަރުގެ ފިރިހެނަކު ވަނީ ސިޓީގެ މައި ރޭލު ސްޓޭޝަނާ ކައިރިން ޓައިޕޭ މެއިން މެޓްރޯ ސްޓޭޝަންގެ ބިމުގެ އަޑީގައި ނުކުންނަ ތަނެއް ކައިރިއަށް ދުން ބޮމެއް އުކާލައި، ރެންޑަމްކޮށް "ތޫނު އެއްޗަކުން" މީހުންނަށް ހަމަލާދީ، އެ ސަރަހައްދުގައި ތިބި މީހުންނައް ބިރު ދައްކާފައި އެވެ. 

އެއަށްފަހު އޭނާ އުތުރަށް މިސްރާބު ޖެހީ މަޝްހޫރު ޝޮޕިން ޑިސްޓްރިކްޓަކަށް ކަމަށާއި އެތަނުން ދުން ބޮން އުކައި އެސްލައިޓް ސްޕެކްޓްރަމް ނަންސީ ޑިޕާޓްމަންޓް ސްޓޯރުގެ ފުރަތަމަ ފަންގިފިލާ އާއި ހަތަރު ވަނަ ފަންގިފިލާގައި ގިނަ ބައެއްގެ ކަރަށް ވަޅި ހަރާފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ ނޫސް އެޖެންސީން ބުނެ އެވެ.

ފަހުން ފުލުހުން ހާމަކުރި ގޮތުގައި ޝައްކު ކުރެވޭ މީހާ، އެ ދެ މަންޒަރުގެ މެދުގައި، ބިމުގެ އަޑީގެ މަގަކުން ހޮޓަލަކަށް ގޮސް  އެތަނުން ކޮންމެވެސް ތޫނު ހަތިޔާރެއް ހިފައިގެން ޑިޕާޓްމަންޓް ސްޓޯރު ކައިރީގައި އޮންނަ ޒޮންގްޝާން މެޓްރޯ ސްޓޭޝަންގެ ބޭރުގައި ހުރި މަގަކަށް ދިޔަ ކަމުގައި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް