އެއީ ބަންގްލަދޭޝްގައި މެޑިސިން ކިޔެވުމަށް ހުރި ފުރުސަތުތަކުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން، އެ ގައުމުގައި ހުރި އެކި ޔުނިވާސިޓީތަކާއި އެތަންތަނުގައި ހުންނަ އެކި ފެސިލިޓީތަކުގެ މައުލޫމާތުތައް ފޯރުކޮށްދޭ އެކްސްޕޯއެކެވެ.
އިއްޔެ ހަވީރު ނަސަންދުރާ ބާސެލޯގައި ފެށި އެ އެކްސްޕޯ މިއަދު ވެސް ހަވީރު 4 އިން ރޭގަނޑު 9 ޖަހަންދެން ކުރިއަށް ދާނެ އެވެ.
މި އެކްސްޕޯގައި ބަންގްލަދޭޝްގެ 15 ކޮލެޖާއި ޔުނިވާސިޓީތަކުން އެ ތަންތަނުން ކިޔެވުމަށް ހުރި ފުރުސަތުތަކުގެ މައުލޫމާތު ފޯރުކޮށްދޭނެ އެވެ.
ބަންގްލަދޭޝަކީ އާއްމުކޮށް ޑޮކްޓަރުކަން ކިޔަވާ ދިވެހިން އިންޓާންޝިޕަށް ދާ ގައުމެވެ.
އެގޮތުން އެ ގައުމަށް އާއްމުކޮށް 200 އެއްހާ ދަރިވަރުން ކޮންމެ އަހަރަކު ވެސް އިންޓާންޝިޕަށް ދެ އެވެ.
ބަންގްލަދޭޝް މެޑިކަލް އެޑިއުކޭޝަން އެކްސްޕޯގައި، އެމްބީބީއެސް ކިޔަވަން ބޭނުންވާ ދަރިވަރުންގެ އެލިޖިބިލިޓީ ވަގުތުން ޗެކުކޮށް, ޔުނިވާސިޓީގެ ޕްލޭސްމަންޓް ވެސް ހޯދޭނެ އެވެ.
އަދި ބަންގްލަދޭޝްއިން ދިވެހި ދަރިވަރުންނަށް ޑޮކްޓަރުކަން ކިޔެވުމަށް ދޭ ސާކް ސްކޮލަޝިޕަށް ހުށަހެޅުމަށް ޝަރުތު ހަމަވާ ފަރާތްތަކަށް އެ އެޕްލިކޭޝަން ހުށައެޅުމަށް އެ އެކްސްޕޯގައި ހަރަކާތްތެރިވާ ބަންގްލަދޭޝްގެ އޮފިޝަލުންގެ އެހީތެރިކަން ލިބޭނެ އެވެ.