ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު އަލްހާނާއި ޝަހުބާންގެ ޣައިރު ހާޒިރުގައި ހުކުމް ކޮށްފައިވަނީ 587،466ރ. 15 ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.
ކިންގްސް ކެޕިޓަލް ކުންފުނިން އިންވެސްޓްމަންޓް ސްކީމެއް ހިންގުމުގެ ނަމުގައި، ގިނަ ބައެއްގެ އަތުން ފައިސާ ނަގައި އެ ފައިސާ އަނބުރާ ނުދިން މައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮއިންގެ މައްޗަށް އުފުލި ޓެކުމުގެ ކުށުގެ 13 ދައުވާ އަނބުރާ ގެންދަން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ނިންމައި އެކަން އިއުލާން ކުރީ މިދިޔަ އޮކްޓޫބަރު މަހުގެ ފަހުކޮޅެވެ.
އަލްހާނާއި ޝަހުބާން އަދި ކިންގްސް ކުންފުނީގެ މައްޗަށް އަމިއްލަ މީހަކު ސިވިލް ކޯޓުގައި ދައުވާކުރީ އޭނާ ދެ ފަހަރެއްގެ މަތިން އިންވެސްޓްކުރި 120،000ރ. އާއި އެ ފައިސާ އިންވެސްޓް ކޮށްގެން ލިބެންޖެހޭ ފައިދާގެ ގޮތުގައި ނުލިބިވާ 390،840ރ. ހޯދުމަށެވެ.
މި މައްސަލައިގައި ޖުމްލަ 587،466ރ. ދައްކަން އަލްހާނާއި ޝަހުބާން އަދި ކިންގްސް ކެޕިޓަލް ކުންފުނީގެ މައްޗަށް ހުކުމް އިއްވި އެވެ.