ads
މާފަރު އިންޓަނޭޝަނަލް އެއާޕޯޓު
މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އޭޕްރަން ބޮޑުކޮށް އެތަން ހުޅުވައިފި
މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އޭޕްރަން ބޮޑުކޮށް އެތަން ހުޅުވައިފި އެވެ.
Advertisement

އޭޕްރަންއަށް އިތުރުކުރި ބަޔާއެކު މިހާރު މާފަރު އެއަރޕޯޓުގައި އެއްފަހަރާ 35 އެއާ ކްރާފްޓު ޕާކު ކުރެވޭނެ އެވެ.

އާ އޭޕްރަން އާ އެކު އެއާކްރާފްޓްތަކުގެ މޫވްމެންޓްތައް އިތުރުވެ، ގްރައުންޑް ހޭންޑްލިން ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރެވޭނެ ކަމަށް މާފަރު އެއާޕޯޓު ހިންގާ އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.

އެ އެއާޕޯޓް ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސްއިން ބުނީ އަލަށް އިތުރުކުރި ސަރަހައްދާއެކު މާފަރު އެއާޕޯޓުގައި މިހާރު އެއްފަހަރާ 35 ފްލައިޓް ޕާކް ކުރެވޭނެ ކަމަށެވެ.

އޭޕްރަން ބޮޑުކުރުމުގެ މަޝްރޫއު ނިންމުމަށް ފަހު މިއަދު ވަނީ އެއާޕޯޓުގެ ޓާމިނަލްގެ ޖާގަ އިތުރުކުރުމަށް ދެ ފަންގިފިލާގެ އިމާރާތެއް ތަރައްގީކުރުމުގެ މަޝްރޫއުގެ ބިންގާ އަޅާފަ އެވެ.

ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްގެން ތަރައްގީކުރާ މި އިމާރާތުގައި 12،000 އަކަފޫޓު ހުންނާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ވަނީ ބުނެފަ އެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓަރމިނަލްގެ މަސައްކަތް ކުރިއަށް އޮތް 10 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ކަނޑައަޅާފަ އެވެ. މާފަރު އިންޓަރނޭޝަނަލް އެއާޕޯޓަކީ، ރާއްޖޭގައި ދެވަނައަށް އެންމެ ގިނައިން ބައިނަލްއަޤުވާމީ އެއަރލައިންތަކަށް ހިދުމަތްދެމުން ދާ އެއާޕޯޓެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް