ads
މާލޭގައި ފެންބޮޑުވުމުން ސިފައިން ހަރަކާތްތެރިވަނީ-- ފޮޓޯ: އެމްއެންޑީއެފް
ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސް، ކަނޑު ދަތުރު ކުރާއިރު ސަމާލުވޭ!
ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ މޫސުން ގޯސް ވާނެ ކަމަށް ލަފާ ކުރެވޭތީ، ކަނޑު ދަތުރު ކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން އެދިއްޖެ އެވެ.
Advertisement
ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ މޫސުން ގޯސް ވާނެ ކަމަށް ލަފާ ކުރެވޭތީ، ކަނޑު ދަތުރު ކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން އެދިއްޖެ އެވެ.

މިއަދު ހެނދުނު 10:00 އިން މާދަމާ ހެނދުނު 10:00 އަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓުން ލަފާ ކުރެ އެވެ.

ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށާއި، އުތުރާއި މެދުތެރޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަ ވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

މެޓް އޮފީހުން އެދިފައި ވަނީ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށެވެ. އަދި ވަކިން ހާއްސަކޮށް އުތުރާއި މެދު ތެރޭގެ ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފަ އެވެ.

ވައި ޖެހޭނީ އިރު އުތުރާއި އިރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 07 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށާއި، އުތުރާއި މެދު ތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށް ލަފާކޮށްފައި ވެއެވެ.

ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ބުނެ އެވެ.

މޫސުން ގޯސްވެ، ވައި ގަދަވުމުގެ ސަބަބުން ރޭ ދަންވަރުގެ ވަގުތެއްގައި ޅ. ނައިފަރު ކައުންސިލް އޮފީހުގެ ފުރާޅު އެއްލައިލާ، ގެއްލުންތަކެއް ވަނީ ވެފަ އެވެ.

ނައިފަރު ކައުންސިލުގެ ނައިބް ރައީސް މުހައްމަދު ޝާހިދު ސީއެންއެމަށް ވިދާޅުވީ ރޭ ދަންވަރު 02:00 ހާއިރު ފުރާޅު އެއްލާލުމުގެ ސަބަބުން ސީލިންގަށް ފެން އެޅި، ސީލިންގު ވެސް ވެއްޓިފައިވާ ކަމަށެވެ.

އިމާރާތުގެ ތެރެއަށް ފެން ވަދެ، ލިޔެކިޔުންތަކާއި ކޮމްޕިއުޓާ ސިސްޓަމްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، ހިދުމަތް ދިނުމަށް ދަތިވެފައި ވާތީ، އެހެން އިމާރާތަކަށް މަސައްކަތްތައް ބަދަލު ކުރަން ނިންމާފައިވާ ކަމަށް ޝާހިދު ވިދާޅުވ އެވެ.



އޭގެ އިތުރުން މާލެއަށް ވެސް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާ ގުޅިގެން ގިނަ ހާދިސާތަކެއް ވަނީ ހިނގާފަ އެވެ. އެގޮތުން ވައި ގަދަވުމުގެ ސަބަބުން ބައެއް ގެއްލުންތައް ވެފައި ވާއިރު، ފެންބޮޑުވެފައިވާ ސަހަރައްދުތަކުން ފެން ހިންދުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް