މި ހަރަކާތްތަކަކީ އެސްޓީއޯގެ ވިޔަފާރި ސެގްމެންޓްތަކުގެ އައުޓްލެޓްތަކުން ވިޔަފާރި ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ހަރަކާތްތަކެކެވެ.
މި ހާއްސަ ސޭލްގައި ހޮވާލެވިފައިވާ ޕްރޮޑަކްޓްތަކަކުން 70 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ އެވެ. އަދި މި ދެ ޝޯރޫމުން އެންމެ މަތިން ވިޔަފާރި ކުރައްވާ ދެ ފަރާތަކަށް ވަރަށް ހާއްސަ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެސްޓީއޯ އިން ބުނި ގޮތުގައި މި ހަރަކާތް ކުރިއަށް ދާނީ މިއަދުގެ ނިޔަލަށެވެ.
މީގެ އިތުރުން އަހަރީ ދުވަހުގެ މުނާސަބަތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސްގައިވެސް ވަރަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
އަހަރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން، ކުރިއަށް އޮތްތަނުގައި ވެސް އެސްޓީއޯއިން މާލެ އަދި ހުޅުމާލެ ހިމެނޭ ގޮތަށް އެކި ހަރަކާތްތައް ހިންގުމަށް ވަނީ ރާވައިފަ އެވެ. މި ހަރަކާތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް އެސްޓީއޯގެ ސޯޝަލް މީޑިއާ ޕޭޖްތަކުގައި އާންމު ކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މި އަހަރުގެ އަހަރީ ދުވަހާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ އެންމެ ހާއްސަ އެއް ހަރަކާތަކީ އެސްޓީއޯއިން ކުރިއަށް ގެންދާ 'ސްކެވެންޖާ ހަންޓް' އެވެ.
އެގޮތުން އެސްޓީއޯގެ ސޯޝަލް މީޑިއާ ޕޭޖްގައި އާއްމުކުރެވޭ އަދި އެސްޓީއޯގެ ވިޔަފާރި ސްގްމެންޓްތަކުގެ އައުޓްލެޓްތަކުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް، މާލޭ މަކިޓާ ޝޯރޫމް އަދި އެސްޓީއޯ ހޯލްސޭލް ސެންޓަރު ފޮރުވިފައިވާ "ހިންޓް" ތައް ބޭނުން ކޮށްގެން އަރަތެއް ފުރިހަމަ ކުރެވޭ ފުރަތަމަ ފަރާތައް އެސްޓީއޯގެ މަޝްހޫރު ބްރޭންޑްތައް ކަމުގައިވާ ހިޓާޗީ ނުވަތަ ޑައިސަންގެ ވަރަށް ހާއްސަ އިނާމެއް ލިބުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފަ އެވެ.