ads
މޭޔަރު އާދަމް އާޒިމް
މާލޭގެ މުސްތަގުބަލު ކަނޑައަޅާނީ ބަންދު ކޮޓަރީގައެއް ނޫން: މޭޔަރު
މާލޭގެ މުސްތަގުބަލު ކަނޑައަޅާނީ ބަންދު ކޮޓަރީގައެއް ނޫން ކަމަށާއި އެ ކަން ކަނޑައަޅާނީ ރައްޔިތުންނާއި އެކުގައިި ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
Advertisement

އާޒިމް މިހެން ވިދާޅުވީ، މާލޭގެ "ރިވައިޒްޑް ލޭންޑް ޔޫސް ޕްލޭން" ނުވަތަ ބިމުގެ ޕްލޭނާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް މިއަދު މީރުމާ މާލަމުގައި ބޭއްވި ހާއްސަ މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ، މިއަދުގެ ބައްދަލުވުމަކީ ހަމައެކަނި ރަސްމީ ބައްދަލުވުމެއް ނޫން ކަމަށާއި، މިއީ 2030 އަދި 2050 ވަނަ އަހަރު މާލެ އޮންނާނެ ގޮތް ކަނޑައެޅުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް މައްސަލަތައް އެނގޭ. އިދާރީ ހިންގުމުގެ ދަތިކަމާއި، ބޯހިޔާވަހިކަމުގެ ޕްރެޝަރާއި، ޒަމާންވީ އުމްރާނީ މައްސަލަތައް އެބަހުރި. މިއީ ދުރުގައިވާ ކަންކަމެއް ނޫން، މިއީ އަޅުގަނޑުމެންގެ އާއިލާތަކުން ކޮންމެ ދުވަހަކު ތަހައްމަލުކުރާ ހަގީގަތް،" މާލެއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުވާލައްވަމުން އާޒިމް ވިދާޅުވިއެވެ.

މި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އާޒިމް ގެންގުޅުއްވާ ތަސައްވުރު ވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ ހިއްސާކުރައްވާފައެވެ.

އެ ގޮތުން ޒަމާނީ އަދި ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމާއި މޫސުމީ ބަދަލުތަކަށް ވިލުންތެރި، ފެހި ސިޓީއަކަށް މާލެ ހެދުމާއި  އިގްތިސާދީ އަދި ވިޔަފާރީގެ އާ ފުރުސަތުތައް ފަހިކޮށްދިނުންމުގެ އިތުރުން ސަގާފަތް ދަމަހައްޓައި، އެންމެންނަށްވެސް ރައްކާތެރި މާހައުލެއް ގާއިމުކުރުން ހިމެނޭ ކަމަށް އާޒިމް ވިދާޅުވި އެވެ. 

އާޒިމް ފާހަގަކުރެއްވި ގޮތުގައި، އެމަނިކުފާނު ވަކާލާތު ކުރައްވަނީ މި ތަސައްވުރު ހަގީގަތަކަށް ހެދުމުގެ އިތުރުން ރައްޔިތުންގެ އިތުބާރާއެކު މާލޭގެ ޕްލޭންތައް ތަންފީޒުކުރުމުގައި ރައްޔިތުންގެ ބައިވެރިވުން އެންމެ މަތީ ދަރަޖައަކަށް އޮތުމަށް ކަމުގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް