ads
އެވަޓާ
"އެވޭޓާ" އަށް ލަވަ ލިޔަން މައިލީ ސައިރަސް އަށް ލިބުނު ގޮތް އެނގޭތަ؟
މަޝްހޫރު ލަވަކިޔުންތެރިޔާ މައިލީ ސައިރަސް، ޖޭމްސް ކެމެރޫންގެ ކުރިއަށް އޮތް ފިލްމު "އެވޭޓާ: ފަޔާ އެންޑް ඈޝް" އަށް ލަވައެއް ކިޔައިދޭން ނިންމައިފިއެވެ.
Advertisement

މި ފުރުސަތު އޭނާއަށް ލިބުނީ ޑިޒްނީގެ ހަފުލާއެއްގެ ތެރެއިން ޑައިރެކްޓަރު ޖޭމްސް ކެމެރޫންއާ ދިމާވެގެން ކަމަށް މައިލީ ވަނީ ބުނެފައެވެ. މި ލަވައިގެ ނަމަކީ "ޑްރީމް އޭޒް ވަން" އެވެ. 

މިކަން ހިނގައިދިޔަ ގޮތް މީޑިއާތަކަށް ކިޔައިދެމުން މައިލީ ބުނެފައިވަނީ، މިދިޔަ އަހަރު ބޭއްވި ޑީ23 އެކްސްޕޯގައި "ޑިޒްނީ ލެޖެންޑް" އެވޯޑު ބަލައިގަންނަން ދިޔަ ވަގުތު ކެމެރޫންއާ ދިމާވި ކަމަށެވެ. ސްޓޭޖަށް އަރަން ކިއުގައި ހުރިއިރު އޭނާގެ ކުރީގައި ހެރިސަން ފޯޑް އާއި ޖޭމީ ލީ ކާޓިސް ފަދަ މަޝްހޫރު ތަރިން ތިއްބެވެ. އެ ވަގުތު ކެމެރޫން ފެނުމުން، ފިލްމަށް ލަވައެއް ބޭނުންތޯ މައިލީ ސުވާލުކުރި ކަމަށާއި، ކެމެރޫން އޭނާގެ ހުށަހެޅުން ގަބޫލުކުރި ކަމަށް މައިލީ ބުންޏެވެ.

މި ލަވައަކީ މައިލީއަށް ވަރަށް ހާއްސަ ލަވައެކެވެ. ސަބަބަކީ 2018 ވަނަ އަހަރު މެލިބޫގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި އޭނާގެ ގެ އަނދައިގެން ގޮސްފައިވާތީއެވެ. "އެވޭޓާ" ގެ ތިންވަނަ ފިލްމުގެ ނަމަކީ "ފަޔާ އެންޑް ޝް" ކަމަށް ވުމާއެކު، އަލިފާނުގެ ސަބަބުން ލިބުނު ގެއްލުމާއި އޭގެ ފަހުން އަލުން ދިރިއުޅުން ބިނާކުރުމުގެ އިހުސާސްތައް މި ލަވައިން ދައްކުވައިދޭނެ ކަމަށް އޭނާ ފާހަގަކުރިއެވެ. މި ލަވަ އުފެއްދުމުގައި މައިލީއާ އެކު މަޝްހޫރު މިއުޒިކް ޕްރޮޑިއުސަރު މާކް ރޮންސަން ވެސް ވަނީ ބައިވެރިވެފައެވެ.

މައިލީ ސައިރަސް އަކީ ޑިޒްނީ ލެޖެންޑް އެވޯޑު ލިބުނު އެންމެ ހަގު ފަންނާނެވެ. އޭނާގެ މި ލަވަ ހިމެނޭ "އެވޭޓާ: ފަޔާ އެންޑް ඈޝް" ސިނަމާތަކަށް އަންނާނީ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. މި ފިލްމަކީ މުޅި ދުނިޔޭގައި ވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ "އެވޭޓާ" ސިލްސިލާގެ ތިންވަނަ ފިލްމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް