ads
އެކްޓަރު ޔޫއްޕެ…
ޔޫއްޕެގެ ހާއްސަ މަންޒަރުތަކަކާއެކު "ލިލީ" އެނބުރި އަތުވެއްޖެ
އަޒްހާން އިބްރާހިމް ޑައިރެކްޓުކޮށްފައިވާ ދިވެހި ފިލްމު "ލިލީ" ގެ ހާއްސަ ޝޯތަކެއް އަލުން އޮލިމްޕަހުގައި ދައްކަން ފަށައިފިއެވެ.
Advertisement

މި ފަހަރު ފިލްމު ސްކްރީނަށް އަންނައިރު އެންމެ ބޮޑު ތަފާތަކަށް ފެންނަނީ، ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ ހާއްސަ މަންޒަރުތަކެއް ފިލްމުގައި ހިމަނާފައި ވުމެވެ. މި ފިލްމު އެންމެ ފުރަތަމަ މިދިޔަ ނޮވެންބަރު މަހު އޮލިމްޕަހުގައި އެޅުވިއިރު ޔޫއްޕެގެ މަންޒަރެއް ހިމަނާފައެއް ނުވެއެވެ.

މި އަހަރުގެ މެދުތެރޭގައި ޕްރޮމޯޝަން ފެށި މި ފިލްމު ފުރަތަމަ އަޅުވައިގެން ދެއްކި 13 ޝޯ ވެސް ވަނީ ފުރިފައެވެ. އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ މި ފިލްމުގައި ގެވެށި އަނިޔާއާއި ހަށިވިއްކުމުގެ މައްސަލަތަކަށް އަލިއަޅުވާލާފައިވަނީ ވަރަށް ތަފާތު ގޮތަކަށެވެ. އެގޮތުން ހުތުރު މަންޒަރުތައް ނުދައްކައި، އަނިޔާ ލިބޭ މީހާގެ އިހުސާސްތަކާއި ނަފްސާނީ ގޮތުން ކުރިމަތިވާ އުނދަގޫތައް ފިލްމުގައި ވަނީ ގެނެސްދީފައެވެ. ފުރަތަމަ ޝޯތައް މެދުކަނޑާލަން ޖެހުނީ އޮލިމްޕަސް ހޯލު ލިބުމުގައި ދަތިތަކެއް ހުރުމުން ކަމަށް ފިލްމުގެ ޓީމުން ބުންޏެވެ.

ފިލްމު އަލުން ރިލީޒްކުރާއިރު ޔޫއްޕެގެ މަންޒަރުތައް ފެންނާނީ "ގެސްޓް އެޕިއަރެންސް" އެއްގެ ގޮތުގައެވެ. ފިލްމުގެ ޕްރޮޑަކްޝަން ޓީމުން މައުލޫމާތު ދޭ ގޮތުގައި މިއީ ކުރިން ފިލްމު ބެލި މީހުންގެ ހިތުގައި އުފެދުނު ބައެއް ސުވާލުތަކަށް ޖަވާބު ލިބިގެންދާނެ މުހިންމު ބައިތަކެކެވެ. ފިލްމު ބެލުމަށް ޝައުގުވެރިވާ ފަރާތްތަކަށް އޮލިމްޕަހުގެ ޓިކެޓު ކައުންޓަރުންނާއި ވެބްސައިޓު އަދި ވައިބާ މެދުވެރިކޮށް ޓިކެޓު ނެގޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް