ads
ނޫނު އަތޮޅު ސުކޫލުގެ ދަރިވަރުންނަށް ފުލުހުން ކުރިއަށް ގެންދިޔަ ޕްރޮގްރާމުގެ ތެރެއިން
ދަރިވަރުން ސްކޫލަށް ފޯނު ގެންދިއުން މަނާކުރަނީ
އަންނަ ދިރާސީ އަހަރުން ފެށިގެން ދަރިވަރުންނަށް ކްލާހުގައި ފޯނު ބޭނުންކުރުން މަނާކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ހުޅުމާލެ ރައްޔިތުންނާ އެކު މިހާރު ބާއްވަމުންދާ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ސްކޫލުތަކުގައި ފޯނު ބޭނުންކުރުމަކީ، ގްރޭޑުު 10އިން ދަށުގެ ދަރިވަރުންނަށް މިހާރު ވެސް މަނާ ކަމެއް ކަމަށާއި އެކަމަކު އެގޮތަށް އަމަލުކުރަމުން ނުދާ ކަމަށެވެ.

އެ މައްސަލައަށް އެދެވޭ ފިޔަވަޅުތަކެއް ނާޅާ އޮތުމުން ދަރިވަރުން ސްކޫލުގައި ފޯނު ބޭނުންކުރާ މައްސަލަ ވަރަށް ބޮޑުވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ. ގްރޭޑް 11 އަދި 12 ގެ ދަރިވަރުންނަށް މިހާރެކޭ އެއްގޮތަށް ސްކޫލަށް ފޯނު ގެންދެވޭނެ ކަމަށެވެ. އެކަމަކު އެ ދަރިވަރުންނަށް ވެސް ސްކޫލުގައި ކިޔަވައިދޭ ގަޑީގައި ފޯނު ބޭނުން ނުކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ކްލާސްރޫމްތަކުގައި ބެހެއްޓުމަށް ލޮކާ ސިސްޓަމް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ކިޔަވައިދޭ ގަޑީގައި ފޯނު ބަހައްޓަން ޖެހޭނީ ލޮކަރުގައި ކަމަށާއި އެކަމަކު ލިބޭ ހުސް ވަގުތުތަކުގައި އެ ގްރޭޑުތަކުގައި ކިޔަވާ ކުދިންނަށް ފޯނު ބޭނުންކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ކްލާސްތަކުގައި އެ ލޮކާ ސިސްޓަމް ބަހައްޓާނެ. ބެހެއްޓީމަ ކްލާސް ގަޑީގައި އެއްވެސް ކުއްޖަކަށް ފޯނެއް ބޭނުމެއް ނުކުރެވޭނެ. އެ ލޮކަރަށް ލައި ބަންދުކޮށްފައި ކްލާސް ގަޑީގައި ކިޔަވައިދެމުންދާ ގަޑީގައި ފޯނު ބޭނުންނުކޮށް، ކްލާސް ނިމުނީމަ އަތަށް ފޯން ލިބޭ ގޮތަށް ބަދަލުކުރާނަން ދިރާސީ އާ އަހަރު ފެށުނީމައި،" ރައީސް ވިދާޅުވި އެވެ.

ރައީސް މިކަން އިއުލާންކުރައްވާފައިމިވަނީ ދާދިފަހުން ރާއްޖޭގެ ސްކޫލެއްގައި ކްލާސް ގަޑީގައި ދަރިވަރުންތަކެއް ފޯނު ގެންގުޅުމާ ގުޅޭ މައްސަލަތަކެއް ފެންމަތިވެ، ދަރިވަރުން ސްކޫލަށް ފޯނު ގެންދިޔުން މަނާކުރަން ގިނަ ބަޔަކު ގޮވާލަމުންދާ ދަނޑިވަޅެއްގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް