ads
"ވާނުވާ ބަންދު" ގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރައްވާ ބޭފުޅުން އިއްޔެ ހުށަހެޅުއްވި ކަންކަމާމެދު، ކަމާގުޅޭ ފަރާތްތަކާ ރައީސް މަޝްވަރާކުރެއްވުން
ވާނުވާ ބަންދުގައި އަހަރަކަށް ވުރެ ގިނަ ދުވަސްވީ މީހުންގެ މައްސަލަތައް މާޗަށް ނިންމަނީ
ޝަރީއަތް ނިމެންދެން ބަންދުގައި މިހާރު ތިބީ 347 މީހުން
ވާނުވާ ބަންދުގައި އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ހުރިހާ އެންމެންގެ މައްސަލަތައް އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ނިމޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ބަންޑާރަ ނައިބު އަހުމަދު އުޝާމް ދެއްވި މައުލޫމާތުގެ މައްޗަށް ބުރަވެ، ރައީސް އެހެން ވިދާޅުވީ ހުޅުމާލެ 1 ގެ ރައްޔިތުންނާ ބައްދަލުކުރައްވަން ރޭ ބޭއްވި ބައްދަލުވުމުގައި ބައެއް މީހުން އަނެއްކާ ވެސް ވާނުވާ ބަންދުގެ މައްސަލަ ނެންގެވުމުންނެވެ.

ވާނުވާ ބަންދުގައި ތިބި މީހުންގެ މައްސަލަތައް ނިމެމުންދާ ގޮތުގެ މައުލޫމާތު ހޯއްދަވައި ބައްލަވަމުން ގެންދަވާ ކަމަށާއި ބަންޑާރަނައިބުގެ އޮފީހުން އެންމެ ފަހުން ހިއްސާކުރި މައުލޫމާތަށް ބަލާއިރު ވާނުވާ ބަންދުގައި އަހަރަކަށް ވުރެ ގިނަ ދުވަސްވީ މީހުންގެ މައްސަލަތައް އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އަންނަ މާޗް މަސް ނިމޭއިރު އެއް އަހަރަށް ވުރެ ގިނަ ދުވަސްވަންދެން ވާނުވާގައި ތިބި ހުރިހާ އެންމެންގެ މައްސަލަތައް ކޯޓް މަރުހަލާތައް ނިމޭނެ," ރައީސް ވިދާޅުވި އެވެ.


އެމަނިކުފާނު ވިދާޅުވީ އޭގެފަހުގައި ދެން މަސައްކަތް ކުރައްވާނީ ވާނުވާ ބަންދުގައި ތިބި އެންމެންގެ މައްސަލައަށް ދާއިމީ ހައްލުތަކެއް ގެނައުމަށެވެ. 

ރައީސް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ޝަރީއަތް ނިމެންދެން ބަންދުގައި މިހާރު 347 މީހުން އެބަތިއްބެވެ. މި 347 މީހުންނަކީ ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ތިބި މީހުންކަމަށާއި އެކަންކަން ރަނގަޅަށް ނުބަލައި، އެމީހުން ހަމަ ހުރެފައި ދޫކޮށްލަން އެއްވެސް ރައްޔިތަކު ބޭނުންވާނެތޯ ރައީސް ސުވާލު އުފެއްދެވި އެވެ.

ވާނުވާ ބަންދުގެ ތަފާސްހިސާބު

- ޖުމްލަ 314 މީހުން.

- މަރުގެ މައްސަލަތަކުގެ ތުހުމަތުގައި 29 މީހުން.

- ޓެރަރިޒަމްގެ ތުހުމަތުގައި 20 މީހުން.

- ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމުގެ ތުހުމަތުގައި 117 މީހުން.

- މާރާމާރީގެ ތުހުމަތު ކުރެވޭ 70 މީހުން.

- ޑްރަގް ޓްރެފިކިންގެ ތުހުމަތު ކުރެވޭ 116 މީހުން.

ވާނުވާ ބަންދުގެ މައްސަލަ ހައްލުކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް