ads
ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ސިއްދީގު - ފޮޓޯ: ސަން
އެންޑީއޭގެ އާ ޗެއާމަނަކަށް ސިއްދީގް
ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ޗެއާމަނަކަށް އަހުމަދު ސިއްދީގު އައްޔަންކުރައްވައިފި އެވެ.
Advertisement

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ސިއްދީގް އެންޑީއޭގެ އެންމެ އިސްވެރިޔަކަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޖޫން 13 އިން ފެށިގެން އެ މަގާމު ފުރުއްވަމުން ގެންދެވި ލުބްނާ ޒާހިރު ހުސައިން މީގެ ދެ މަހެއްހާ ދުވަސް ކުރިން ފޮރިން މިނިސްޓްރީ އަށް ބަދަލުކުރެއްވުމުން މަގާމު ހުސްވެފައިވާތީ އެވެ.

ހޯމް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އެންޑީއޭގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތި ބޭނުންކުރުމާއި ޕެޑްލް ކުރުމާއި ޓްރެފިކް ކުރުމުގެ މައްސަލަ އަށް ހައްލު ހޯދުމަށް ފިޔަވަޅު އެޅުމާއި މަސްތުވާތަކެއްޗާ ގުޅިފައިވާ ކުށްކުށާއި މަސްތުވާތަކެތި ބޭނުންކުރުމާ ގުޅިގެން ހިންގާ ހަރުކަށި އަމަލުތަކާއި މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން އުފެދޭ ސިއްހީ މައްސަލަތައް ދެނެގަނެ، އެކަމާ ދެކޮޅަށް ގައުމީ ސިޔާސަތުތައް ތަންފީޒު ކުރުން ފަދަ ކަންކަމެވެ.

މި ސަރުކާރުގައި ސްޓޭޓް މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު މިހާތަނަށް އޭނާ އިސްކޮށް އުޅުއްވަމުން އައީ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ހިންގެވުމުގަ އެވެ.

މި ސަރުކާރުގައި އެންމެ ފުރަތަމަ އެ އެޖެންސީގެ ޗެއާކަން ކުރެއްވީ، އެންމެ ފުރަތަމަ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި ހުންނެވި ލުބްނާ ޒާހިރެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރެ އެވެ.

ނަމަވެސް މިދިޔަ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު ލުބްނާ ފޮރިން މިނިސްޓްރީއަށް ވަނީ ބަދަލުކޮށްފައެވެ. އެއާއެކު އެންޑީއޭގެ ޗެއާޕާސަންކަމުން ވެސް އޭނާ ވަނީ ވަކިވެވަޑައިގެންފަ އެވެ.

އެންޑީއޭއިން އަދިވެސް އެންމެ އެކަށީގެންވާ ގޮތެއްގައި ފަރުވާ ނުލިބޭކަމުގެ ކަންބޮޑުވުންތަކާއި، ޝަކުވާތައް މި ދާއިރާގެ ފަންނީ މީހުން އަންނަނީ ކުރަމުންނެވެ. އަދި އެންޑީއޭގެ ރިހެބިލިޓޭޝަން ސެންޓަރުތަކުގެ ހާލަތާއި، އެ ތަންތަނުން ލިބޭ ފަރުވާގެ ފެންވަރާމެދު ވެސް އަންނަނީ ސުވާލު އުފައްދަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް