ads
މި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުން ބައެއް ތަކެތި
ދެ ގެއެއް ބަލާ ފާސްކޮށް ގިނަ އަދަދެއްގެ ވޭޕް އަތުލައިގެންފި
ރާއްޖެ އެތެރެކޮށް ވިއްކުން މަނާ، ވޭޕް ކާޓްރިޖްތަކެއް ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފި ކަމަށް ފުލުހުން ބުނެފި އެވެ.
Advertisement

މި ތަކެތި ހޯދާފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ހިންގި އޮޕަރޭޝަންއެއްގައި ކަމަށް ފުލުހުން ބުނެ އެވެ. 

ފުލުހުން ބުނީ މި އޮޕަރޭޝަންގައޮ ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ ގެއެއް ބަލައިފާސްކޮށްފައިވާ ކަމުގައި އެވެ. 

މި އޮޕަރޭޝަންގައި ބަލައިފާސްކުރިި ދެ ގެއިން 442 ވޭޕް ކާޓްރިޖްއާއި ދެ ކާޓޫން ސިނގިރެޓްގެ އިތުރުން ޝީޝާ ޕަފްއާއި ވޭޕްއާ ގުޅުންހުރި އެހެނިހެން ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ހާމަ ކުރެ އެވެ. 

މި މައްސަލައާ ގުޅިގެން ދެ މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ. 

މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެ އެވެ. ފުލުހުން ބުނީ އެ އިދާރާއިން ދަނީ މި މައްސަލަ ތަހުގީގު ކުރަމުން ކަމުގައި އެވެ. 

ރާއްޖެ އަށް ވޭޕާއި އެއާ ގުޅުން ހުރި އާލާތްތައް އެތެރެކުރުން މަނާކުރީ 15 ނޮވެމްބަރު 2024 ގަ އެވެ. އެ ފަހުން ގިނަ އަދަދެއްގެ ވޭޕް އަންނަނީ އަތުލައިގަންނަމުން ނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް