މިކަން ހާމަކުރެއްވީ ރައީސް ސާލިހުއެވެ. ރައީސް ސާލިހް މިހެން ވިދާޅުވީ، ކުޑަހުވަދޫގެ އެމްޑީޕީ މެމްބަރުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަ ފުޅުގައެވެ.
އެ ބައްދަލުކުރެއްވުމުގައި ސާލިހް ވަނީ އެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެން ނަޝީދާ ބައްދަލުކުރައްވާނެ ކަމަށެވެ.
ރައީސް ސާލިހު ވިދާޅުވީ ކައުންސިލް އިންތިހާބު ކާމިޔާބު ކުރެއްވުމަށް ރައީސް ނަޝީދާއި ގުޅިގެން މަސައްކަތް ފައްޓަވާނެ ކަމަށެވެ.
އިދިކޮޅު އެމްޑީޕީގެ ތެރޭގައި މިދިޔަ ރިޔާސީ އިންތިހާބު ދުވަސްވަރުން ފެށިގެން ބައިބައިވުން ބޮޑެވެ. ޕާޓީގައި ވަނީ ދެ ފެކްޝަން އުފެދިފައެވެ.