ads
ވޭޕް ސްޓިކްތަކެއް
މިއަހަރު 4733 ވޭޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު: ޕޮލިސް
މިއަހަރު 4733 ރާއްޖެއަށް އެތެރެކުރުން މަނާ ވޭޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުން ކަމަށް މާލޭގައި ފުލުހުން ކުރާ މަސައްކަތްތަކުގެ ތަފްސީލުދޭން އިސްކަންދަރުކޮށީގައި ބޭއްވި ނިއުސްކޮންފަރެންސެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ، ވިދާޅުވެއްޖެ އެވެ.
Advertisement

މިއަދު ނޫސްވެރިންނައް މައުލޫމާތު ދިނުމަށް ފުލުހުން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރަޝީދު ވިދާޅުވީ އޭގެ ތެރެއިން ބައެއް ތަކެތި ނައްތާލެވިފައިވާ ކަމުގައި އެވެ. 

ރަޝީދު އިތުރަށް ފާހަގަ ކުރެއްވިގޮތުގައި 705 ފްލޭވާ ފުޅި އަދި ކާރްޓްރިޖް، 86 ކޮއިލް އަދި 93 ކިލޯ ދުންފަތް ވެސް މި އަހަރުގެ ތެރޭގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމުގަ އެވެ. 

އެ ތަކެތީގެ އަގަށް ބަލާ އިރު އެއީ ގާތް ގަނޑަކަށް 7341961 ރުފިޔާ ކަމަށާއި މި އޮޕަރޭޝަން ތަކުގައި ނަގުދު ފައިސާގެ ގޮތުގައި 294240 ރުފިޔާވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް އޭނާ ހާމަ ކުރެއްވި އެވެ. 

ރައްޔިތުން ކުށުން ސަލާމަތްވެ ތިބުމަށް ދޭން ޖެހޭ މެސެޖުތައް ދިނުމަށް ޖު،މްލަ 11905 ފަރާތަކަށް މެސެޖުތައް ހިއްސާކުރެވިފައިވާ ކަމަށާއި ކުށަކަށް ނުވާ ފަދަ ރައްޔިތުންގެ ކޮންސާންސްތަކުގެ ތެރެއިން 1357 ކޮންސާން އަކަށް އެންޓެންޑުވެފައިވާނެ ކަމަށް ރަސީދު ފާހަގަކުރެއްވި އެވެ. 

މީގެ އިތުރުން 441 ގެޔަކަށްވެސް ޒިޔާރަތް ކޮށް ރައްޔިތުންނާއި ބައްދަލުކުރެވިފައިވާ ކަމަށާއި 3130 ފިހާރައަކަށް އަދި ވިޔަފާރިއަކަށް ފުލުހުން ވިޒިޓް ކޮށްފައިވާ ކަމަށް އޭނާ ހާމަ ކުރެއްވި އެވެ. 

ރާއްޖެ އަށް ވޭޕާއި އެއާ ގުޅުން ހުރި އާލާތްތައް އެތެރެކުރުން މަނާކުރީ 15 ނޮވެމްބަރު 2024 ގަ އެވެ. އެ ފަހުން ގިނަ އަދަދެއްގެ ވޭޕް އަންނަނީ އަތުލައިގަންނަމުން ނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް