ads
ރޭސިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިވެންޓެއްގެ ތެރެއިން - ފޮޓޯ: ރޭސިން އެސޯސިއޭޝަން އޮފް މޯލްޑިވްސް
މާލެ-ހުޅުމާލެ ހައިވޭއާ ޖެހިގެން ރޭސިން ޓްރެކް އަޅަން ނިންމައިފި
މާލެއާއި ހުޅުމާލެ ގުޅުވާލާ ހައިވޭއާ ޖެހިގެން ރޭސިން ޓްރެކެއް ތަރައްގީކުރަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާނުކުރައްވައިފި އެވެ.
Advertisement

"ޔޫތު ކޮފީ ވިތް ޕްރެޒިޑެންޓް"ގެ ނަމުގައި މިރޭ ޒުވާނުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ރޭސިން ޓްރެކެއް، މީހުން ދިރިއުޅޭ ސަރަހައްދެއްގައި ގާއިމުކޮށްފިނަމަ އުނދަގޫތަކަކާ ކުރިމަތިވާނެ ކަމަށެވެ. އެހެންކަމުން އެތަން ތަރައްގީކުރުމަށް އެންމެ ރަނގަޅު ތަނެއްގެ ގޮތުގައި ފެނުނީ ހައިވޭއާ ޖެހިގެން ކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތުން، މާލެ ސަރަހައްދުގައި ޓްރެކް އަޅާނެ ތަން ކަނޑައަޅައި، އެ މަޝްރޫއު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރޭސިންއަކީ ޒުވާނުންގެ މެދުގައި މަގުބޫލު ކުޅިވަރެކެވެ. އަދި ބައިނަލްއަގްވާމީ ގޮތުން ވެސް ކުރިއަރާފައިވާ ކުޅިވަރެކެވެ.

އެހެންކަމުން އެ ފެންވަރުގެ ރޭސިން ޓްރެކެއް މާލޭއާއި އައްޑޫ އަދި ރާއްޖޭގެ އުތުރުގައި ގާއިމުކުރުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.

މީގެކުރިން ހުޅުމާލޭގައި ރޭސިންއަށް ހުއްދަ ދީފައި އޮއްވާ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓަކަށްފަހު، އެ ހުއްދަ ވަނީ ބާތިލްކޮށްފަ އެވެ. މިކަމާއި ރޭސިން އެސޯސިއޭޝަން އޮފް ދި މޯލްޑިވްސް (ރޭމް) އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް