ads
ހެޑް އޮފް ޑްރަގް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލް، ޗީފް އިނިސެޕްޓަރ އޮފް ޕޮލިސް އަހްމަދު ނާއިފް
ރާއްޖެއިންބޭރުގައި ތިބެގެން ބަޔަކު ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރޭ: ޕޮލިސް
މިހާތަނަށް 3 މީހެއްގެ މައްސަލަ ވަނީ ފާހަގަކުރެވިފަ
ސަރަޙައްދީ ގައުމުތަކުގައި ދިވެހިން ތިބެގެން ރާއްޖެއަށް މަސްތުވާތަކެތި ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަން ތަހުގީގުތަކުން ފާހަގަަވަމުން އަންނަ ކަމަށް ޕޮލިހުން ބުނެފި އެވެ.
Advertisement

ފުލުހުންގެ ޑްރަގް އެންފޯސްމަންޓުގެ ފަރާތުން ކުރައްވާ މަސައްކަތްތަކާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެޑް އޮފް ޑްރަގް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލް، ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އަހްމަދު ނާއިފް ވިދާޅުވީ ފަހަކަށް އައިސް ސަރަޙައްދީ ގައުމުތަކުގައި ދިވެހިން ގާއިމްވެ ތިބެގެން ރާއްޖެއަށް މަސްތުވާތަކެތި ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.

އެގޮތުން އެއާ ކާގޯއާއި ސީ ކާގޯ މެދުވެރިކޮށް އަދި އިލެކްޓިރިކް ސާމާނުތަކުގައި މަސްތުވާތަކެތި ފޮރުވައިގެން ފޮނުވަމުންދާކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖެއިން ބޭރުގައި ސަރަހައްދީ ގައުމުތަކުގައި ތިބެގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ 3 ދިވެހިން މިހާތަނަށް ފާހަގަކުރެވިފައިވާކަމަށެވެ.

އެ މީހުންގެ ތެރޭގައި ޖިނާޢީ އެކި މައްސަލަތަކުގެ ރެކޯޑް އޮތް މީހުން ތިބިކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނާއިފް ވިދާޅުވި ގޮތުގައި ތައިލޭންޑް އާއި މެލޭޝިއާ ފަދަ ގައުމުތަކުގައި ދިވެހިން ތިބެގެން މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަމުން އަންނަކަމަށް ފާހަގަކުރެވިފައިވާކަމަށެވެ.

"އެކަން އެމަގުން އަޅުގަނޑުމެން ކުރިއަށް ގެންދާނަން. ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން ބަދަލުކުރުމާއި ނުވަތަ އެހީތެރިކަން ހޯދުމާ ބެހޭ ގާނޫނުގެ ތެރެއިން އަވައްޓެރި ގައުމުތަކާއި ދުނިޔޭގެ އެކި ގައުމުތަކާ އެއްކޮށް މިދަނީ ތަޙްގީގު ތެރެއިން ފުޅާ މަސައްކަތްތަކެއް ކުރަމުން." ނާއިފް ވިދާޅުވި އެވެ.

މީގެ އިތުރުން ބައެއް ފާރާތްތަކުން ފިލައިގެން ރާއްޖެ ދޫކޮށް ދިއުމުން އެ މީހުން ހޯދައި އަތުލައިގަތުމަށް އަވައްޓެރި ގައުމުތަކާއި ބައިނަލްއަގްވާމީ ޖަމިއްތާކުގެ އެހީ ހޯދާއިގެން މަސައްކަތް ކުރައްވާކަށްވެސް އޭނާ ވިދާޅުވި އެވެ.

ސްކޫލް ނިންމާފައި ތިބި ކުދިންގެ ތެރެއިން ވަޒީފާއަކަށް ނުގޮސް ތިބި ކުދިންނަށް އަމާޒުކޮށްގެން ސޯޝަލް މީޑީިއާގެ އެކި ގްރޫޕްތަކުގައި މަސްތުވާތަކެތީގެ އެކި މުޢާމަލާތް ކުރުމަށް ދައުވަތު ދެމުން އަންނަކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުން މިއަދު ވަނީ ހާމަ ކޮށްފައި އެވެ. މިކަމަކީ ބެލެނިވެރިން ސަމާލުވާންޖެހޭ ކަމެއްކަން ފާހަގަކުރައްވާ ފުލުހުން ވަނީ ފުލުހުންގެ ސައިބާ ސެންޓަރާ ގުޅިގެން މިކަން ހުއްޓުވުމަށް މަސައްކަތް ކުރަމުން ގެންދަވާކަމަށް އެ އިދާރާއިން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް