ads
މީހާއަށް އަނިޔާކޮށް މޫދަށް އެއްލާލުން އެޗްއާރުސީއެމުން ކުށްވެރިކޮށްފި
ވައްކަންކުރި ކަމަށް ތުހުމަތުވާ މީހާއަށް އަނިޔާކޮށް މޫދަށް އެއްލާލުމަކީ ލާއިންސާނީ އަދި ނާތަހުޒީބު އަމަލެއް ކަމަށާއި، އެފަދަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ނުފެތުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން މިއަދު ވަނީ އިލްތިމާސްކޮށްފަ އެވެ.
Advertisement

ރޭ އާއްމުކޮށްފައިވާ އެ ވީޑިއޯއިން ފެންނަ ގޮތުގައި ގިނަ ބައެއްގެ އަތްދަށުވެ އަދި އަމިއްލަ ދިފާއުގައި މާބޮޑު ކަމެއް ނުކޮށް ހުރި އެ މީހާ ބިންމައްޗަށް ވައްޓާލުމަށްފަހު ބިންމަތީގައި ދަމައި، އޭނާގެ އަތްމައްޗަށް ސޭފްޓީ ބޫޓަކުން އަރައި އަދި ތަޅައި އަނިޔާ ކުރުމަށްފަހު މޫދަށް އެއްލާލަ އެވެ.

އެޗްއާރުސީއެމުން ބުނީ، ޝަރުއީ ހަމަތަކުގެ މަތިން ކުށް ސާބިތުނުވާހާ ހިނދަކު ކޮންމެ މީހަކީ ވެސް ކުށެއް ނެތް މީހެއް ކަމަށް ބެލުމަކީ އިސްލާމީ ޝަރީއަތާއި ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގެއް ކަމަށެވެ.

"މިފަދަ ކަންކަމުގެ ސަބަބުން ގާނޫނުގެ ބާރު ކެނޑ،ި ބަދަލު ހިފުމުގެ ސަގާފަތެއް އުފެދުމުގެ ފުރުސަތު ބޮޑުވެގެންދެ އެވެ. އަދި އަނިޔާވެރި އަމަލުތައް ދައްކުވައިދޭ މަންޒަރުތައް ފަތުރައި، އިޝްތިހާރު ކުރުމަކީ އެފަދަ އަމަލުތަކަށް މުޖުތަމައު ހޭނ،ި އިންސާނީ ހަމްދަރުދީ ކެނޑިގެންދާނެ ކަމެކެވެ." އެ ބަޔާނުގައިވެ އެވެ.

އެޗްއާރުސީއެމުން ބުނީ ޖިނާއީ ނުވަތަ މަދަނީ ވިޔަސް މައްސަލަތަކުގައި ސުލްހަ އިސްކުރުމާ އެކު ގާނޫނީ އިމުގެ ތެރެއިން ހައްލު ހޯދަން އިލްތިމާސްކުރާ ކަމަށެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ނުވިޔަސް، ފުލުހުންގެ ސަމާލުކަމަށް އައުމުން އެކަން ބަލަމުން އަންނަ އެ އިދާރާ އިން ބުނެފައިވެ އެވެ. މީގެކުރިން ވެސް ވައްކަމުގެ ތުހުމަތުވި މީހުންނަށް އަނިޔާ ކުރުމުގެ މައްސަލަތައް ފެންމަތިވެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް