ads
އިންނަނާނަމޭ ބުނުމުން ބިޓަށް ގަނެދިން އައިފޯން ހޯދަން ކޯޓަށް
އިންނަނާނަމޭ ބުނުމުން ބިޓަށް ގަނެދިން އައިފޯން ހޯދަން ކޯޓަށް
ށ. ބިލެތްފަހީ އަންހެނަކު، އިންނާނަމޭ ބުނެގެން، ތިމަރަފުށީ މީހަކު ގަނެދިން އައިފޯނެއް އަނބުރާ ހޯދަން، އޭނާ ކޯޓަށް ހުށަހަޅައިފިއެވެ.
Advertisement

މިއީ، ތިމަރަފުށީ ފިރިހެނަކާ އިންނާނެ ކަމަށް ބުނެ، ށ. ބިލެއްފަހީ އަންހެން ކުއްޖަކު، އެ ފިރިހެން މީހާ އަތުން މަކަރާއި ހީލަތުން ހޯދި އައިފޯން 16 ޕްރޯމެކްސް ފޯނު އަނބުރައި ހޯދަން އެ ފިރިހެން މީހާ ދައުވާކުރި މައްސަލައެކެވެ.

ފިރިހެން މީހާ ހުށަހެޅި މަދަނީ ދައުވާގައި އެދިފައި އޮތީ ކައިވެނިކުރާނެ ކަމަށް ބުނެ އެކުގައި އުޅުނު އިރު "މަކަރާއި ހީލަތުން އަތުލައިގެން ނުދީ ގެންގުޅެމުން އަންނަ" އައިފޯން 16 ޕްރޯ މެކްސް 256 ޖީބީ ފޯނު ހޯދައިދިނުމަށެވެ. އެ މައްސަލައިގައި ވަކީލުފީ ކަމަށް އޭނާ ބުނާ 10،000.ރ އަކީ ވެސް ދައުވާ ލިބޭ އަންހެން މީހާ ދައްކަން ޖެހޭ އެއްޗެއް ކަމަށް ކަނޑައަޅައިދޭން ވެސް އެ ދައުވާގައި އެދިފައި ވެ އެވެ.

އެ ދައުވާއަށް އިންކާރުކުރުމުގެ ބަދަލުގައި އަންހެންމީހާގެ ފަރާތުން ހުށަހެޅި އިއުތިރާޒްގައި ބުނީ ފިރިހެންމީހާ ކުރި ދައުވާގައި "މަކަރާއި ހީލަތުން ފޯނެއް ހޯދުމަށް ފަހު އެ ފޯނު އަނބުރާ ނުދީ ފިލައިގެން އުޅުމުގެ ތުހުމަތު" އޮތުމުން އެއީ ޖިނާއީ ތުހުމަތެއް ކަމަށެވެ. 

އެހެންވީމާ އެ މައްސަލަ ކޯޓަށް ހުށަހެޅޭނީ ތަހުގީގީ އިދާރާއަކުން ތަހުގީގުކުރުމަށް ފަހު ނުކުންނަ ނަތީޖާއަކަށް ބިނާކޮށް، ޕްރޮސެކިއުޓާ ޖެނެރަލަށް ކަމަށް އޭނާ ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް