މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މަޢްރިބް ނަމާދުގެ ވަގުތު މި ހާދިސާ ހިނގާފައި ވަނީ ބޯނޯ ސްޓޭޓްގެ ވެރިރަށް، މައިދުގުރީ ސިޓީގަ އެވެ. އެގޮތުން މިސްކިތުގެ ތެރޭގައި ބޮމެއް ގޮއްވުމާ ގުޅިގެން 5 ވަރަކަށް މީހުން މަރުވެ، 30 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވެ އެވެ.
އެ ހަމާލާ ދިނީ ގޮވާ ޒާތުގެ އާލާތެއް މިސްކިތުގެ ތެރޭގައި ހަރުކޮށްގެން ކަމަށް ބައެއް މީހުން ބުނާއިރު، އެއީ ޖާނުން ދިފާވުމުގެ ހަމަލާއެއް ކަމަށް ވެސް ބައެއް މީހުން ބުނެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، އެ ކަމާ ގުޅޭގޮތުން ރަސްމީކޮށް އެއްވެސް އިދާރާއަކުން އެއްޗެއް ބުނެފައެއްނުވެ އެވެ.
މި ހާދިސާގެ ތަހުގީގު ފުލުހުން މިހާރު ފަށާފައިވާ އިރު، މި ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން ނަގައިފައެއް ނުވެ އެވެ.
ނަމަވެސް ބޮން ގޮއްވާލި މިސްކިތް ހުރި ސަރަހައްދަކީ ބޯކޯ ހަރާމް ޖަމާއަތުގެ ނުފޫޒު ގަދަ ތަނެކެވެ. އެތަނުގައި 2009 އިން ފެށިގެން އެ ޖަމާއަތުން ހަރަކާތްތެރިވަމުން ގެންދެ އެވެ.