މި މައްސަލައިގައި ހައްޔަރުކޮށް އިއްޔެ 15 ދުވަހުގެ ބަންދުގެ މުއްދަތު އިތުރުކުރި ދެ މީހުންނަކީ އަފްޖަލް ހޮސައިން، 31، އާއި ހަބީބުރު ރަހްމާން، 34، އެވެ.
ކޯޓު އަމުރުގައިވާ ގޮތުން ދެ މީހުން ވެސް ވަނީ ލައިސަންސް ނުނަގާ ވިޔަފާރިކުރާ ކަމުގެ ތުހުމަތަށް އިންކާރުކޮށްފަ އެވެ.
ދިވެހިން ނިވަލުގައި ތިބިގެން، ބިދޭސީން ގަވައިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރި ކުރާ މައްސަލައިގައި ބައެއް އާންމުން މީގެ ކުރިންވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އަދި މިފަދަ ވިޔަފާރިތައް ރިޕޯޓު ކުރުމަށް މިދިޔަ މަސް ތެރޭ އިކޮނޮމިކް މިނިސްޓްރީން ވަނީ އިއުލާނެއް ކޮށްފަ އެވެ. އެ މަސައްކަތް ފެށި ހަފްތާގައި ވެސް 11 ވިޔަފާރިއެއް ބަންދުކޮށް ފިޔަވަޅު އަޅާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.