އެގޮތުން، ގދ. ފަރެސްމާތޮޑާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީއާ އެވެ. ޖުމުލަ 270 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 142 މިލިއަން ރުފިޔާއަށެވެ.
ފިޔޯރީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 71,208,238.32 ރުފިޔާއަށެވެ. މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް ކޮންޓްރެކްޓްގައި ކަނޑައަޅާފައިވަނީ 730 ދުވަހުގެ މުއްދަތެކެވެ.
ފަރެސްމާތޮޑާގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގައި މިއަދު ސޮއިކުރެއްވުމަށް ފަހު، ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބު (ކ) އެމްޓީސީސީގެ ޑީއެމްޑީ ޖަމްޝީދު އެއްބަސްވުން ބަދަލުކުރައްވާއިރު، އަރިހުގައި އެ ދާއިރާގެ މެމްބަރު އަޝްރަފް - ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
ފަރެސްމާތޮޑާގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީ އަދި ފިޔޯރީގެ މަގު ހެދުމުގެ މަޝްރޫއު އާރުޑީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ. އާރުޑީސީން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމެވެ.