އެ އިދާރާ އިން ބުނީ، ޝައްކު ކުރެވިގެން އެ ފުޅިތައް ސްކޭންކޮށް، ފުރަތަމަ މަރުހަލާގައި ޓެސްޓުކުރިއިރު ހަޝިޝް އޮއިލް އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
އެ ތަކެތީގެ ބަރުދަން 40 ކިލޯ އަށް ވުރެ މަތިވާނެ ކަމަށާއި މަގުމަތީގެ އަގު ވެސް 30 މިލިއަނަށް ވުރެ އިތުރު ކަމަށް ކަސްޓަމްސް އިން ދައުލަތުގެ ޓީވީ ޕީއެސްއެމާ ވާހަކަ ދެއްކެވި އޮފިޝަލަކު މިރޭ ވިދާޅުވި އެވެ.
ކޮންމެ ފުޅިއެއްގައި 1.10 އާއި 1.14 މިލިލީޓަރާ ދެމެދުގެ މިންވަރަށް ހަޝިޝް އޮއިލް އެތެރެކޮށްފައިވާކަމަށް ވެސް ކަސްޓަމުން ބުންޏެވެ.
ކަސްޓަމްސްއިން ބުނީ މިތަކެތި އެެތެރެކުރަން އުޅެފައިވަނީ ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ބަންދުކޮށްގެން އެތެރެކުރަން އުޅެނިކޮށެވެ.