ads
ރައީސް ޑރ. މުހައްމަދު މުއިއްޒު
އެންމެ މުހިންމީ އެންމެންގެ އެއްބައިވަންތަކަން: ރައީސް
ގައުމެއްގެ ހުވަފެންތައް ހަގީގަތަކަށް ހަދައި، ތަރައްގީއާއި ކުރިއެރުން ހޯދުމަށް އެންމެ މުހިންމު ދައުރެއް އަދާކުރަނީ ގައުމުގެ އެންމެހާ ފަރުދުންގެ މެދުގައި އޮންނަ އެއްބައިވަންތަކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ ހިތާބުގައެވެ.

ރައީސްގެ ހިތާބުގައި، މީގެ 21 އަހަރު ކުރިން ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގެ ހަނދާންތައް އާކުރައްވައި ވިދާޅުވީ، ދިވެހިންގެ ގައުމީ ހަޔާތުން ފެންނަން އޮތް އެންމެ ރީތި ސިފައަކީ ދަތި އުނދަގޫ ކޮންމެ ހާލަތެއްގައިވެސް އިސްކުރާ އެއްބައިވަންތަކަން ކަމަށެވެ.

މިގޮތުން އެ ދުވަހު ހާލުގައި ޖެހުނު އާއިލާތަކަށް އެހީތެރިވުމާއި، މެހެމާންދާރީ އަދާކުރުމުގައި ދިވެހިން ދެއްކި ނަމޫނާއަކީ އިޖުތިމާއީ ގޮތުން ލިބުނު ބޮޑު ފިލާވަޅެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ތައްޔާރުވެ ތިބުމާއި ދެމެހެއްޓެނިވި ގޮތެއްގައި ގައުމީ ތަރައްގީގެ ޕްލޭންތައް ރޭވުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ރައީސް ވަނީ އަލިއަޅުވާލައްވާފައެވެ.

އެއްބައިވަންތަކަމަކީ ގައުމެއް ކުރިއަރައި ދިއުމުގެ ބިންގާކަމަށް ސިފަކުރައްވައި ރައީސް ވިދާޅުވީ، ހިތްފަސޭހަ އުފާވެރި މާހައުލެއް ބިނާކުރެވޭނީ އެންމެން ގުޅިގެން ކަމަށެވެ. އަދި އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފަހައްޓައި، އެކަކު އަނެކަކަށް އެހީތެރިވުމާއި އޯގާތެރިވުމަކީ ދިވެހިންނަށް ލިބޭނެ އެންމެ ބޮޑު ސަލާމަތް ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވަނީ ސުނާމީ ކާރިސާގައި ދިވެހިން ދެއްކި ހިތްވަރާއި ގުޅުން ހަނދާންކޮށް، އެ ގުޅުން ދެމެހެއްޓުމަށް ގޮވާލައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް