ads
މަންތާ އެއާލައިނުގެ ބޯޓެއް - ފޮޓޯ:މަންތާ އެއާ
ހުއްދަ ނުހޯދާ އިފުރުގައި ސީޕްލޭން ޕްލެޓްފޯމެއް އެޅުމުން މަންތާ ޖޫރިމަނާކޮށްފި
ޓޫރިސްޓު ފެސިލިޓީސްތަކާއެކު, ޑޮމެސްޓިކް އެއާޕޯޓެއް ހިންގާ, ރ. އިފުރުގައި, އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ)ގެ ހުއްދަ ނެތި, ސީޕްލޭން ޕްލެޓްފޯމެއް އެޅި މައްސަލައިގައި, މަންތާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑު 20000 (ވިހި ހާސް) ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.
Advertisement

ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަބަޔާންކޮށްފައިވާ ގޮތުން ތިމާވެއްޓަށް ފާހަގަކުރެވޭ ބަދަލެއް ނުވަތަ ނޭދެވޭ އަސަރެއް ކޮށްފާނެ މަޝްރޫޢުއުތަކުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ގަވާއިދުގައި ބަޔާންކުރާ ގޮތަށް ސްކްރީންކޮށް، ތިމާވެއްޓަށް އަސަރުކުރޭތޯ ބަލާ ރިޕޯޓު ހުށައަޅާ އެންވަޔަރަމަންޓަލް ރެގިއުލޭޓްރީ އޮތޯރިޓީގެ ހުއްދަ ހޯދަންވާނެ އެވެ. 

ނަމަވެސް ރ.އިފުރުގައި ސީޕްލޭން ޕްލެޓްފޯމެއް ހެދުމަށްޓަކައި މަންތާ އެވިއޭޝަން ޕްރައިވެޓް ލިމިޓެޑުން އެއޮތޯރިޓީގެ ހުއްދަ ހޯދުމަކާއި ނުލާ، މަޝްރޫއުގެ އަމަލީ މަސައްކަތްކޮށްފައިވާތީ އެކުންފުނިން އެފަދަ ކަމެއް ކުރި ފުރަތަމަ ފަހަރު ކަމަށްވުން ވިހި ހާސް ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފަ އެވެ.

މަންތާ އެއާއިން އަންނަނީ ޑޮމެސްޓިކް އެއާޕޯޓްތަކަށް ދަތުރު ކުރުމުގެ އިތުރުން ސީޕްލޭންގެ ޚިދުމަތް ވެސް ދެމުންނެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް