ads
މަންޑޭ އޭނާގެ އަންހެނުންނާއެކު
ކޭ ޕާކް މަންޑޭ ފިލައިފި
ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގިކަމުގެ ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް ހުކުމް ކުރުން ތާވަލު ކުރުމާއެކު އޭނާ ފިލައިފިއެވެ.
Advertisement

ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގިކަމުގެ ތުހުމަތުވާ މަންޑޭގެ މައްޗަށް އެ މައްސަލާގައި ހުކުމް އިއްވުން އޮތީ މާދަމާއަށް ތާވަލުކޮށްފައެވެ. 

އޭނާ އެންމެ ފަހުން އޮތް ޝަރިއަތަށްވެސް ހާޒިރުނުވުމުން، އޭނާ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރަން ފުލުހުންގެ މައްޗަށް އޮތީ އަމުރުކޮށްފައެވެ.

އެކަމަކު ރިޕޯޓްތައް ބުނާ ގޮތުން އޭނާ ހޯދުމުގެ މަސައްކަތުގައި ފުލުހުންނަށް މިހާތަނަށް ކާމިޔާބެއް ލިބިފައެއް ނުވެއެވެ.

މި މައްސަލަތަކާ ގުޅިގެން، ޝަރިއަތް ނިމެންދެން ކުރިން ބަންދުކޮށްފައި ހުރި މަންޑޭ ދޫކޮށްލީ، ޝަރީއަތަށް އެއްބާރުލުން ދިނުން ޝަރުތުކޮށްފައެވެ. ބަންދުން ދޫކޮށްލިއިރު، އެއްބާރުލުން ނުދޭނަމަ ބަންދުކުރަން އަނެއްކާ ވެސް އަމުރުކުރައްވާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;