އޮކްޓޯބަރު މަހު ސުލްހައިގެ އެއްބަސްވުމެއްގައި ދެ ގައުމުން ސޮއިކުރި ނަމަވެސް، މި ހަމަނުޖެހުން ހިނގީ ލޭންޑްމައިނެއް ގޮވައިގެން، ތައި ސިފައިންނަށް ލިބުނު އަނިޔާތަކާ ގުޅިގެންނެވެ. މި ދެގައުމުގެ މެދުގައި ބޯޑަރުގެ މައްސަލަތައް އުފެދިފައިވާތާ އަހަރުތަކެއް ވެއްޖެއެވެ.
މަސްރަހު އަލުން ފިނިކުރުމުގެ މަޝްވަރާތައް ސަރަހައްދުގެ ގައުމުތަކުގެ އިއްތިހާދު، އާސިއާންގެ ފޮރިން މިނިސްޓަރުން ބައްދަލުވުމެއް މީގެ ތިން ދުވަސް ކުރިން ވަނީ ބާއްވައިފަ އެވެ.
މަތިންދާބޯޓާއި ހަތިޔާރު އެޅި އުޅަނދުތަކާއި އެއްގަމު މަގުން ސިފައިން ވެސް ހަމަލާ ދެމުން ދާއިރު ދެ ގައުމުން ވެސް ބުނަމުން އަންނަނީ ހަމަލާތައް ހުއްޓާލަން ބޭނުންވާ ކަމަށެވެ. އެކަމަކު ސުލްހަ ނުވެވިގެން އުޅޭ ސަބަބުގެ ގޮތުގައި ކޮންމެ ގައުމަކުން ވެސް ދައްކަނީ އަނެއް ގައުމުގެ މައްސަލަތަކެވެ.
ތައިލެންޑާއި ކެންބޯޑިއާގެ ބޯޑަރުގައި ސިފައިން ހަރަކާތްތެރިވަނީ - ފޮޓޯ: އެއެފްޕީ
އެންމެ ފުރަތަމަ މައްސަލަ ހޫނުވީ ޒަމާންވީ ފައްޅިތަކާއި އާސާރުތައް ހުންނަ ސަރަހައްދަކާ މެދު އޮންނަ ޒަމާންވީ ދެބަސްވުމާ އެކުގަ އެވެ. އޭގެ ފަހުން އެކި ހިސާބުތަކަށް ވަނީ ހަމަނުޖެހުން ފެތުރިފަ އެވެ. މިއީ ޖަންގަލިތަކާއި ހަނޑޫ ފަދަ ދަނޑުބިންތަކުން ފޮރުވިފައިވާ ފަރުބަދަމަތީ ހިސާބެކެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލިކަން އިއުލާނުކޮށް، ތައިލެންޑާއި ކެމްބޯޑިއާ އިން ނެރުނު ގުޅިފައިވާ ބަޔނުގައި ބުނީ، މިއަދު މެންދުރު 12:00 އިން ފެށިގެން، އާންމުން ދިރިއުޅޭ ސަރަހައްދުތަކުގެ އިތުރުން އަސްކަރީ މަރުކަޒުތައް ހިމެނޭ ގޮތަށް، ދެ ފަރާތުން ވެސް ހަމަލާދިނުން ނިމުމަކަށް ގެނައުމަށް އެއްބަސްވެފައިވާ ކަމަށެވެ.
އަވަށްޓެރި ތައިލެންޑާއެކު ދެ ހަފްތާ ވަންދެން ބޯޑަރުގައި ހިނގި ނުރައްކާތެރި ހަމަނުޖެހުންތަކުގެ ސަބަބުން ކެމްބޯޑިއާގެ ބައި މިލިއަނަށް ވުރެ ގިނަ މީހުން ގެދޮރުން ދޫކޮށްލާފައިވާ ކަމަށް ކެމްބޯޑިއާގެ އިންޓީރިއާ މިނިސްޓްރީން ބުނެއެވެ.