ads
ބީއެމްއެލް އޮންލައިން ބޭންކިން
ބޭންކުތައް ބަންދުވިޔަސް އޮންލައިން ހިދުމަތްތައް މެދުނުކެނޑި ލިބޭނެ: ބީއެމްއެލް
އާ އަހަރާ ދިމާކޮށް ބޭންކުތައް ބަންދުކުރަން ނިންމި ނަމަވެސް، ބޭންކިންގެ ހިދުމަތްތައް މެދުނުކެނޑި ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.
Advertisement

އަންނަ ބުދަ ދުވަހު (31 ޑިސެމްބަރު) ން ފެށިގެން އަންނަ ހަފްތާގެ ހޮނިހިރު ދުވަހުގެ ނިޔަލަށް ބޭންކުތައް ބަންދުވާނެއެވެ.

ބޭންކުން ބުނި ގޮތުގައި މި މުއްދަތުގެ ތެރޭގައި ހިދުމަތް ހޯދުމަށް އިންޓަނެޓް ބޭންކިން އާއި މޮބައިލް އެޕް ބޭނުންކުރެވޭނެއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ސެލްފް ސަރވިސް އޭޓީއެމްތައް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެއެވެ. މީގެ އިތުރުން ބޭންކުގެ ކޮންޓެކްޓް ސެންޓަރާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް އެ ތަނުން ބުންޏެވެ.

ކޮންމެ އަހަރަކު ވެސް އަހަރު ނިމުމާ ދިމާކޮށް ބޭންކުތައް ބަންދުކުރަނީ އަހަރީ މާލީ ހިސާބުތައް ނިންމުމަށެވެ. މި ދުވަސްތަކުގައި މަރުކަޒީ ބޭންކު، އެމްއެމްއޭ ވެސް ބަންދުވާނެއެވެ. ބަންދު ދުވަސްތަކަށް ފަހު ބޭންކުތައް ދެން ރަސްމީކޮށް ހުޅުވައި ހިދުމަތް ދޭން ފަށާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް